ވައިޓް ހައުސްގެ އައު ޕްރެސް ސެކްރެޓަރީ ޒުވާން ކެރޮލައިން ލީހީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ވައިޓް ހައުސްގެ އައު ޕްރެސް ސެކްރެޓަރީއަކަށް 27 އަހަރުގެ ޒުވާން ކެރޮލައިން ލީހީ އައްޔަން ކުރައްވައިފިއެވެ.
މިއީ މިހާތަނަށް އެ މަޤާމަށް އައްޔަންކުރެވުނު އެންމެ ޒުވާން ފަރާތެވެ.
ކެރޮލައިންއަކީ މީގެ ކުރިން ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެސިސްޓެންޓް ޕްރެސް ސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޓްރަމްޕް ވަނީ ކެރޮލައިންއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި، އޭނާއަކީ ތޫނުފިލި، ބުރަކޮށް މަސައްކަތްކުރާ އަދި އިތުބާރުކުރެވޭ މީހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ނިއު ހެމްޝަޔާއަށް އުފަން ކެރޮލައިންއަކީ ސެއިންޓް އެންސެލްމް ކޮލެޖުން ޕޮލިޓިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފުރަތަމަ މަސައްކަތްކުރެއްވީ ޓްރަމްޕްގެ ދައުރުގައި ވައިޓް ހައުސްގައި އިންޓާންއެއްގެ ގޮތުގައެވެ.
ސިޔާސީ ދާއިރާގައި މަސައްކަތްކުރުމުގެ ކުރިން ކެރޮލައިން ވަނީ މީޑިއާގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާފައެވެ. އޭގެ ތެރޭގައި ޑަބްލިއުއެމްޔޫއާރު-ޓީވީގެ ޕްރޮޑިއުސަރެއްގެ މަޤާމާއި، ފޮކްސް ނިއުސް މީޑިއާގެ އިދާރީ އެހީތެރިއެއްގެ މަޤާމު އަދި ނިއު ހެމްޝަޔާ ކްރޮނިކަލްގެ އެސޯސިއޭޓް ޕްރޮޑިއުސަރެއްގެ މަޤާމު ހިމެނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް