ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ސައްހަކަން ކަށަވަރުކުރުމަށް އަދިވެސް އިތުރު ވަގުތު ބޭނުންވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ދާއިމީ ލިސްޓް އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް އާއްމު ފަރާތްތަކަކުން ތުހުމަތުކޮށްފައިވާތީ، އެ ލިސްޓް މުރާޖައާކުރުމަށް އިތުރު ވަގުތު ބޭނުންވެފައިވެއެވެ. ކުރިން އޮތް ގޮތުން މި ލިސްޓް ހާމަކުރުމަށް ތާވަލްކޮށްފައި އޮތީ މިއަދުގެ ވަގުތެއްގައެވެ.
ހައުސިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި ސްކީމުގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ. މި ސްކީމްގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަންއާ ގުޅިގެން ކުރިއަށްގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މަސައްކަތް ނިމުނުހާ އަވަހަކަށް އާއްމުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން އަދި ފާހަގަކޮށްފައިވަނީ މި މަސައްކަތަށް އިތުރު ވަގުތު ނެގިނަމަވެސް، ސަރުކާރުގެ މަގްސަދަކީ މި ސްކީމުން ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރުކުރުމާއެކު، މި ސްކީމުގެ ދަށުން ތަރައްގީކުރާ ފްލެޓްތައް ދޫކުރެވެނީ ހައްގުވެރިންނަށްކަން ކަށަވަރުކުރުން ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް