ޕޮގްބާ އާއި ޔުވެންޓަސް އާ ދެމެދު އޮތް އެއްބަސްވުން އުވާލައިފި

ޕައުލް ޕޮގްބާ

މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ސަސްޕެންޝަނުގައި ހުރި ފްރާންސްގެ ތަރި، ޕައުލް ޕޮގްބާ، ކުޅުމަށް އެނބުރި އައުމަށް ތައްޔާރުވަމުން އައި ނަމަވެސް، އޭނާ އާއި ޔުވެންޓަސްއާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ.

މަނާބޭހަށް ޕޮޒިޓިވްވުމުގެ މައްސަލައެއްގައި 31 އަހަރުގެ ޕޮގްބާ، އެންމެ ފުރަތަމަ ހަތަރު އަހަރަށް ސަސްޕެންޑްކުރެވުނެވެ. ނަމަވެސް ފަހުން، އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ އޭނާގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށްފައެވެ. މި ނިންމުމާ ގުޅިގެން، ޕޮގްބާއަށް ޖެނުއަރީގައި ޓީމު ޕްރެކްޓިސްތަކަށް ނުކުމެ، އަންނަ އަހަރުގެ މާޗް މަހު ރަސްމީކޮށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެއެވެ.

ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދާނެ ގޮތާ ބެހޭގޮތުން، ޕޮގްބާ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޔުވެންޓަސްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފައިވީ ނަމަވެސް، އެ ކްލަބާ އެކު މަޝްވަރާކޮށް މިހާރު ވަނީ އެއްބަސްވުން އުވާލައިފައެވެ. ޔުވެންޓަސް އިން ބުނީ މިއީ މި ވަގުތަށް އެންމެ ރަނގަޅު ނިންމުން ކަމަށާއި ޕޮގްބާ އަށް އަބަދުވެސް ކާމިޔާބަށް އެދޭ ކަމަށެވެ.

ޕޮގްބާ ވަނީ، އަލުން ޔުވެންޓަސް އަށް ކުޅެލުމުގެ ފުރުސަތު ލިބުނީތީ އުފާކުރާ ކަމަށާއި ސަސްޕެންޝަނުގައި ހުންނަން ޖެހުނު އެންމެ އުނދަގޫ ވަގުތުގައި ޔުވެންޓަސް އިން ދިން އެއްބާރުލުން އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށް ބުނެފައެވެ.

ފްރާންސްގެ ގައުމީ ޓީމާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑް އިން ދެ ވަނަ ފަހަރަށް ޔުވެންޓަސް އަށް ބަދަލުވީ 2022 ވަނަ އަހަރުއެވެ. އޭރު އޭނާ ވަނީ ޔުވެންޓަސްއާ އެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. ނަމަވެސް މިހާރު މި ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ވަނީ އުވާލާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

42 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy