ހޯމް މިނިސްޓަރު އަލީ އިހުސާން
ދިމާވާ ކުއްލި ހާލަތްތަކުގައި އެހީތެރިކަމާއި ރައްކާތެރިކަމަށް އެދި ގުޅަން "ޝޯޓްކޯޑް ލައިން" 911 ރާއްޖޭގައި ރޭ ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.
މި ޚިދުމަތް ތަޢާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިއީ ރާއްޖެ ރަން އަކުރުން ފަވާލެވޭނެ ރެއެއް ކަމަށެވެ.
މި ޚިދުމަތް ގާއިމުކޮށްފައިވަނީ ޕޮލިސް މުއައްސަސާގައެވެ. 911 އަކީ ޕޮލިހަށް ކަމެއް ރިޕޯޓު ކުރުމާއި، އެމްބިއުލާންސްގެ ޚިދުމަތާއި، ކޯސްޓްގާޑާއި ފަޔަރ އެންޑް ރެސްކިޔު ޚިދުމަތް ވެސް ލިބޭނެ ނަންބަރެކެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި 911 ނަންބަރު އިޚްތިޔާރުކުރީ އެއީ އެންމެ ގިނަ މީހުންނަށް، އަދި ކުޑަކުދިންނަށް ވެސް އެނގޭ ނަންބަރަކަށް ވާތީއެވެ. އަދި މީޑިއާގެ ޒަރީއާއިން ވެސް އާންމުކޮށް ފެންނަ ނަންބަރަކަށްވާތީ ގިނަ ރައްޔިތުންނަށް ހަނދާނުގައި ބަހައްޓަން ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.
މި ޚިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ކޮމިޔުނިކޭޝަން ސިސްޓަމްތައް އެޑްވާންސްކުރުމާއި، ޖީއައިއެސް މެޕް ކުރެވޭނެ ނިޒާމަކަށް ބަދަލުކުރުމާއި، ރެސްޕޮންސް ޓައިމް އަވަސް ކުރުން ހިމެނެއެވެ.
މިނިސްޓަރު އިހުސާން ވަނީ އާންމުންނާ ގުޅިފައިވާ މިފަދަ މުހިންމު ޚިދުމަތެއް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. ކުއްލިކުއްލި ހާލަތްތަކުގައި ގުޅުމަށް ގިނަ ގައުމުތަކުގައި ބޭނުންކުރާ އިމަޖެންސީ ނަންބަރަކީ ވެސް 911 އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް