ސްރީ ލަންކާގެ މަޖިލިސް އިންތިޚާބުން ރައީސް ޑިސެނަޔަކަގެ ޕާޓީއަށް ބޮޑު ކާމިޔާބީއެއް

ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ

ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އިން ބޮޑު ކާމިޔާބީއެއް ހޯދާފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި 225 މެންބަރުންގެ މަޖިލީހުން އެންޕީޕީން 97 ގޮނޑި ނަގާފައިވެއެވެ.

އިދިކޮޅު އިއްތިހާދު ސަމާގީ ޖަނާ ބަލަވޭގަޔާ (އެސްޖޭބީ) އަށް ލިބިފައިވަނީ 26 ގޮނޑިއެވެ. 22 އިންތިޚާބީ ދާއިރާގެ ތެރެއިން އެއް ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގައި އެންޕީޕީ ކުރީގައި އޮތް ކަމަށް ނަތީޖާތަކުން ދައްކައެވެ.

މި އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 65 އިންސައްތަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. މިއީ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ޑިސެނަޔަކަ ރައީސްކަމަށް އިންތިޚާބުވިއިރު އެ ޕާޓީއިން މަޖިލީހުގައި ތަމްސީލު ކުރަމުން އައީ އެންމެ ތިން ގޮނޑިއެވެ. އެހެންކަމުން، ރައީސްކަމާ ހަވާލުވުމަށްފަހު ޑިސެނަޔަކަ ވަނީ އޭރު އޮތް މަޖިލިސް އުވާލައްވާފައެވެ.

މި ކާމިޔާބީއާއެކު ޑިސެނަޔަކަގެ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެންދާނެއެވެ. މިއީ ސްރީ ލަންކާގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ޑިސެނަޔަކަ ކުރައްވަން ބޭނުންފުޅުވާ މަސައްކަތްތަކަށް ލިބޭނެ ބޮޑު ބާރެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy