މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު
ރާއްޖޭގެ އަންނަ އަހަރުގެ ބަޖެޓް ފައިނޭންސިންގ އަށް ބޭނުންވާ 766 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ނުލިބިއްޖެނަމަ، ޤައުމުގެ ރިޒާވަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، މި ހާލަތުގައި މާލީ ރިފޯމްތަކުގެ މަސައްކަތް ވަރަށް މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ރާވާފައިވާ ގޮތަށް ރިފޯމްތައް ކުރިއަށް ގެންގޮސް، ރިޒާވް އިތުރަށް ބޮޑުކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
ގަވަރުނަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްވެއްޖެނަމަ، ބޭރުން ފައިނޭންސިންގ ހޯދުމަށް ބޮޑެތި ދަތިތަކެއް ދިމާވާނެއެވެ. އަދި ރިޒާވް އިތުރު ނުކުރެވޭނަމަ ރޭޓިންގ ކުންފުނިތަކުން ރާއްޖެއަށް ރަނގަޅު ރޭޓިންގއެއް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޑޮމެސްޓިކް މާކެޓުން ހަތް ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވާއިރު، މުނައްވަރު ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް އެ ފައިސާ ހޯދުމަށް ބަޖެޓުގައި ނެތުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެމްއެމްއޭއަށް ބަރޯސާ ނުވެ، ދައުލަތުގެ ޚަރަދުތައް ހަމަޖައްސަން ރޭވުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓް ފައިނޭންސިންގގެ ގޮތުގައި ޖުމުލަ 19 ބިލިއަން ރުފިޔާ ހޯދަން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން 6.6 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ ބޭރުގެ ބޭންކުތަކުންނެވެ. މި ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތްތައް ކާމިޔާބުވުމަކީ ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެއް ކަމަށް ގަވަރުނަރު މުނައްވަރު ވިދާޅުވެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް