އުމުރުން 65 އަހަރުގެ މީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ / ފޮޓޯ:ޕޮލިސް

މާލޭގައި ދިރިއުޅެމުންދިޔަ އުމުރުން 65 އަހަރުގެ ފިރިހެނަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ.

ރ. އިންނަމާދޫއަށް އުފަން މުހައްމަދު ސަލީމް ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ހިޔާ ފްލެޓް ޓަވަރަކުންނެވެ. ފުލުހުން ބުނާ ގޮތުގައި އޭނާގެ އަތުންނާއި ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ ޕެކެޓްތަކެއް ވަނީ ފެނިފައެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި ސަލީމަކީ ވަރަށް ކުރިއްސުރެ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހެކެވެ. 2016 ވަނަ އަހަރު ޑައިމޯފިން ޑްރަގް ޓްރެފިކްކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ދަޢުވާކޮށް، 2019 ގައި އުމުރު ދުވަހަށް ޖަލަށް ހުކުމްކޮށްފައިވެއެވެ. ނަމަވެސް 2021 އިން ފެށިގެން އޭނާ ހުރީ ގޭ ބަންދުގައެވެ.

މިއަދު ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ވިދާޅުވީ ގޭ ބަންދުގައި ހުރެގެން ވެސް ސަލީމް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް ސަލީމް މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއް ތަޙުޤީޤުކުރި ކަމަށް ނާހިދު ވިދާޅުވިއެވެ.

ސަލީމް ގޭ ބަންދަށް ބަދަލުކުރި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ނާހިދު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ގިނަ ބަޔަކާ ސަލީމްގެ ގުޅުން އޮންނާތީ، ގޭ ބަންދުގައި ހުރެގެން ވެސް އޭނާއަށް މަސްތުވާތަކެތީގެ ވިޔަފާރި ހިންގޭ ކަމަށެވެ. މި މައްސަލައިގައި އިތުރު ތަޙުޤީޤުތައް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy