ބިދޭސީންގެ މައްސަލައަށް ސަރުކާރުން ބޮޑު ސަމާލުކަމެއްދޭ
މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅުނު 5،000 އެއްހާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި އިތުރުވެ، ގައުމުގެ އެންމެ ބޮޑު އެއް މައްސަލައަށް އެކަން ވެފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، ޑީޕޯޓު ކުރެވުނީ ގަވައިދާ ޚިލާފަށް ރާއްޖޭގައި ކުދި ވިޔަފާރިކޮށް، އެކި ކަހަލަ ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުންނެވެ. އަދި މި އެންމެން ވެސް ގައުމަށް ފޮނުވާލީ، ހައްޔަރު ކުރިތާ 48 ގަޑިއިރުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ 'ކުރަނގި އޮޕަރޭޝަން'ގެ ދަށުން، 10،000 ބިދޭސީންގެ މައުލޫމާތު ހިމެނޭ 'ބަޔޯމެޓްރިކްސް' ނަގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަކީ އިމިގްރޭޝަންގެ އަމާޒެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި އުޅެނީ ކޮން ގައުމެއްގެ ކިތައް ބިދޭސީންކަމާއި، އެމީހުން މަސައްކަތްކުރާ ތަނާއި ހަވާލުވެގެން ތިބި މީހުންގެ މައުލޫމާތު އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް