ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މި އިޞްލާޙުގެ ދަށުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، ބޭނުންކުރުން މަނާކޮށްފައިވެއެވެ. އަދި ދައުލަތުގެ އިދާރާތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފައިވެއެވެ.
21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާކުރުމާއެކު، ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ކަށަވަރުކުރުމަށް އަންގާފައިވެއެވެ.
ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި، ސްޕޮންސަރކުރުމާއި، ޕްރޮމޯޓުކުރުން މަނާކޮށްފައިވާއިރު، ދުންފަތުގެ ބާވަތްތައް އާންމުންނަށް ފެންނާނޭހެން ބެހެއްޓުމަކީވެސް އިސްތިހާރުކުރުން ކަމުގައި ބެލެވޭނެއެވެ.
ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް ހެއްދުމާއި ދުންފަތް އުފެއްދުން މަނާކޮށްފައިވާއިރު، ޤާނޫނާ ޚިލާފަށް ދުންފަތް އެތެރެކުރުމާއި ބޭރުކުރުމާއި ބެހުމާއި ވިއްކުންވެސް މަނާކޮށްފައިވެއެވެ.
މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ހަރުކަށި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން ވޭޕް އާލާތްތައް އެތެރެކުރުމާއި ވިއްކުމަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ.
މި ޤާނޫނުގެ ވޭޕްކުރުމާ ގުޅޭ މާއްދާތަކަށް ޢަމަލުކުރަން ފަށާނީ 15 ޑިސެންބަރު 2024 ގައެވެ. އަދި ދެން ހުރި މާއްދާތަކަށް ޢަމަލުކުރަން ފަށާނީ 15 ނޮވެންބަރު 2024 އިން ފެށިގެންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް