އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
މި ސަރުކާރު ތިން މަސް ތެރޭގައި ބަނގުރޫޓު ވާނެ ކަމަށް ހީކޮށް، އެމްޑީޕީން ތިބީ އަނބުރާ ވެރިކަން ލިބޭނެކަމުގެ އުއްމީދުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޤައުމީ ޓީވީން ރޭ ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައީދު ފާހަގަކުރެއްވީ ކުރީ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށް ބާޒާރަށް ނެރުމުން ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ އެމްޑީޕީން ހީކުރީ މާޗު މަހާ ހަމައަށް ދާއިރު ސަރުކާރު ބަނގުރޫޓުވާނެ ކަމަށް ކަމަށާއި، ނަމަވެސް އިތުރު ތިން މަހަށް ވެސް ހިފަހައްޓާލެވިފައިވާ ކަމަށެވެ. އޭރު ބައިނަލްއަޤްވާމީ އިދާރާތަކުން ވެސް ރާއްޖޭގެ ރޭޓިން ދަށްކުރުމުން އިދިކޮޅުން އަޑުފަތުފަތުރަމުންދިޔައީ ރާއްޖެ ބަނގުރޫޓުވާން ކައިރިވެފައިވާ ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުން ދިޔައީ ގައުމުތަކާ ގުޅުން ބަދަހިކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ސަރުކާރަށް 52 ހަފްތާ ވިއިރު ރާއްޖެ ދަރާފައި ނުވާ ކަމަށާއި، މިއަންނަ އަހަރު އިޤްތިޞާދީ ކުރިއެރުމެއް އަންނާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބޭރުގެ ގައުމުތަކުން 8.7 ބިލިއަން ރުފިޔާ ދީފައިވާ ކަމަށާއި، އޭގެ ތެރެއިން 4.2 ބިލިއަން ރުފިޔާ ކޮވިޑަށް ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަނެއް ހަތަރު ބިލިއަން ރުފިޔާއަށް ވީގޮތް ބަލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ސިޔާސީ މީހުންގެ ފަހަތުން ޒާތީގޮތުން ޖައްސާލައިގެން އެމީހުން ހައްޔަރު ނުކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވެފައިވޭތޯ ބަލައި އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް