ރާއްޖޭގެ ހުރިހާ ރިސޯޓެއް ހެން އެމްއެމްއޭގެ އާ ގަވާއިދަށް ރަޖިސްޓްރީވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ވުމުގެ ސުންގަޑި ހަމަވިއިރު، އެއް ރިސޯޓު ފިޔަވައި ހުރިހާ ރިސޯޓެއް ރަޖިސްޓްރީވެފައިވާ ކަމަށް އެ އިދާރާއިން ރޭ ބުނެފިއެވެ.

އެމްއެމްއޭއިން ރޭ ދިން މަޢުލޫމާތުގައި، ރާއްޖޭގައި މިހާރު ފަތުރުވެރިކަމުގެ ޚިދުމަތް ދޭ 174 ރިސޯޓުގެ ތެރެއިން 173 ރިސޯޓެއް މިހާރު ވަނީ އާ ގަވާއިދުގެ ދަށުން ރަޖިސްޓްރީވެފައެވެ. ނަމަވެސް ރަޖިސްޓްރީ ނުވާ ހަމައެކަނި ރިސޯޓުގެ ނަން އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ބޭރު ފައިސާ ގަނެވިއްކުމާ ގުޅޭ އާ ގަވާއިދު ބުނާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މުދާ ވިއްކާ އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި ޓެކްސް އިދާރާ، މީރާގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް މިދިޔަ އޮކްޓޯބަރު ނިމުމުގެ ކުރިން އެމްއެމްއޭގައި ރަޖިސްޓަރީ ވާން ޖެހެއެވެ.

އެމްއެމްއޭ އިން މިދިޔަ މަހު ބުނި ގޮތުގައި، މިފަދަ ކަންކަމަކީ ރާއްޖޭގެ ބޭރު ފައިސާގެ މާކެޓް އިތުރަށް ފުޅާކޮށް، ބޭރުގެ ފައިސާ މާރުކުރުމުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަންތައްތަކެކެވެ. އެހެންކަމުން، އެކަންތައްތަކަށް އެއްބާރުލުން ދިނުމަށް އެދިފައިވެއެވެ.

ނަމަވެސް އެމްއެމްއޭގެ އާ ގަވާއިދުތަކާ އެއްގޮތަށް ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް، އެ ގަވާއިދު އުވާލަން ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުނިތަކުން އިއްޔެ އެ އިދާރާގައި ވަނީ އެދިފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy