ކާބަން މަދުކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް މުއިއްޒު

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ:ރައީސް އޮފީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާއިރު ކާބަން މަދުކުރުމަކީ މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޫސުމީ ބަދަލުތަކާބެހޭ އދގެ އިދާރާ (ޔޫ.އެން.އެފް.ސީ.ސީ) އިން ކުރިއަށް ގެންދާ ކޮޕް29 ގެ ހަވާސާގައި، ޗައިނާގެ ޑެންގޯންގް ޕްރޮވިންސުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިފްތިތާހީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިންޓަރނޭޝަނަލް ޒީރޯ ކާބަން އައިލެންޑް އިނީޝިއޭޓިވްއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާއިރު، ކާބަން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށި ޙިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ޝިކާރައަކަށްވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި މުސްތަގުބަލެއްގެ ކަށަވަރުކަން ހޯދުމަށްޓަކައި ރާއްޖެއާއި، ރާއްޖެ ފަދަ ނާޒުކު ހާލަތުގައިވާ އެހެނިހެން ގައުމުތަކަކީވެސް ހަރަކާތްތެރި ލީޑަރުންކަމުގައި ވުމަށް އަޒުމް ކަނޑައަޅާފައިވާ ގައުމުތަކެއް ކަމަށެވެ.

ބައިނަލްއަގްވާމީ ފޯރަމްތަކުގައި ރާއްޖެއިން ބައިވެރިވުމަކީ، ކުދި ޖަޒީރާ ގައުމުތަކުން ދެމެހެއްޓެނިވި އަދި ވިލުންވެރި މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތްކުރާކަން ހަނދާންކޮށްދޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައިގައި ވަކާލާތުކޮށް އިސްނެގުމުގައި، ރާއްޖެއިން ލީޑަރޝިޕް ދައްކާނެ ކަން ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދުރުވިސްނުމުގެ ތަޞައްވުރެއްގައި ޢަމަލުކުރައްވަމުން ގެންދަވާ، ލޯ-ކާބަން ސިޔާސަތުތަކުގެ ސަބަބުން، އަގުހުރި މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ. އަދި ކްލައިމެޓް އެކްޝަނަކީ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމެއް ކަމަށާއި ކްލައިމެޓް ފައިނޭންސްގެ އަމާޒަކަށް އެއްބަސްވުމަށް ކޮޕް29 ގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން މަސައްކަތް ކުރާނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ނަމޫނާއެއްގެ ގޮތުގައި ކަމަށެވެ. މީގެއިތުރުން، ރައީސް ވާހަކަފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޗައިނާ ސަރުކާރުން ފެހި އަދި ކާބަން މަދު ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތިމާވެށީގެ މަސައްކަތްތަކަށް އެ ފަރާތްތަކުގެ އެއްބާރުލެއްވުން އަބަދުވެސް ލިބިވަޑައިގަންނަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

54 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy