ޣައްޒާގެ އިންސާނީ ހާލަތާމެދު އެމެރިކާއިން އިސްރާއީލަށް އިންޒާރުދީފި

ޣައްޒާގެ އެތަށް ރައްޔިތަކު ވަނީ ބަންޑަށް މަރުވާހާލަތުގައި

ފަލަސްތީނު ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެ ޣައްޒާގައި ބަނޑޫހައިހޫނުކަމުގެ ސިޔާސަތެއް ގެންގުޅެގެން ނުވާނެ ކަމަށް ބުނެ އެމެރިކާއިން އިސްރާއިލަށް އިންޒާރުދީފިއެވެ.

އެމެރިކާއިން މިފަދައިން ބުނެފައި ވަނީ  އެ ގައުމުން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް އދ ސަލާމަތީ މަޖިލީހުގައި ދެއްކެވި ވާހަކަފުޅެއްގައެވެ.

ގްރީންފީލްޑް އިތުރަށް ވިދާޅުވެފައިވަނީ އިސްރާއީލުން އަދިވެސް ކަށަވަރު ކުރަންޖެހޭނީ އެ ގައުމުގެ އަމަލުތައް ފުރިހަމައަށް ތަންފީޒު ކުރެވޭތޯ ކަމަށެވެ. އަދި ފަލަސްތީނުގެ ރިލީފް އެޖެންސީ (އަންރުވާ)ގެ އޮޕަރޭޝަން މަނާކުރާ ގާނޫނެއް ތަންފީޒުކުރުން އިސްރާއީލުން މަޑުޖައްސާލުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އދ.ގެ އެކްޓިން ޗީފް ޖޮއިސް މުސުޔާ ވިދާޅުވެފައިވަނީ ޣައްޒާގެ ބޮޑު ބައެއް މިހާރު ވަނީ ބިމާ ހަމަވެފައި ކަމަށެވެ. އަދި ހަނގުރާމަތައް ކުރިއަށްދާ އުތުރު ޣައްޒާއަށް އިންސާނީ އެހީތެރިކަން ވަނުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ހުރަސް އަޅަމުން ކަމަށާއި، ގާތްގަނޑަކަށް 75،000 މީހުން ތިބީ ފެނާއި ކާބޯތަކެތީން މަހުރޫމުވެފައި ކަމަށެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 43،700 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 103،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. މި ހާލަތުގައި، ސަލާމަތީ މަޖިލީހުން މިހާރު ދަނީ ޣައްޒާގައި ޝަރުތުތަކާ ނުލައި އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރެއްގެ ޑްރާފްޓެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

19 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy