ޖިންސީ ގޯނާކުރުމަކީ ރާއްޖޭގައިވެސް ބޮޑުވެފައިވާ ކަމެއް
ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދަރިފުޅާއި އާއިލާގެ އިތުރު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 56 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން ދެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި މައްސަލަ ހިނގާފައިވަނީ ސައުތު ޕޮލިސް ރީޖަނުގެ ރަށެއްގައެވެ. އެ ސަރަހައްދުގައި ހިމެނެނީ ގއ.، ގދ.، އައްޑޫ އަދި ފުވައްމުލަކެވެ. އަނިޔާގެ ޝިކާރައަށްވި އެއް ކުއްޖެއްގެ އުމުރަކީ 11 އަހަރު ކަމަށާއި، އަނެއް ކުއްޖާގެ އުމުރަކީ 7 އަހަރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފެންމަތިވެ އެ ރަށު މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން މި މަހު ރިޕޯޓުކޮށްފައިވާ ކަމަށާއި، ފުލުހަށް މި މަހު 4 ގައި މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް