އެޗުޑީސީއިން ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ ހަތަރު މަޝްރޫއެއް އިފްތިތާހުކޮށްފި

އެޗްޑީސީން ލޯންޗުކޮށްފައި ވަނީ ބިޔަ ބޮޑު މަޝްރޫޢުތަކެއް

އެޗުޑީސީއިން ހުޅުމާލޭގައި އިޖުތިމާއީ އަދި މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހަތަރު މަޝްރޫއުއެއް ރޭ އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫއުތަކަކީ އެޗުޑީސީއިން ހިންގަން ރާވާފައިވާ 'ޓްރާންސްފޯމިން ޓުމޯރޯ' މަޝްރޫއުތަކުގެ ތެރެއިން ބައެކެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އިފްތިތާހުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ރޯ ހައުސް، ސޯޝަލް ހައުސިން، އަދި ފަރުކޮޅުފުށި ގޭޓަޑް ކޮމިއުނިޓީއެވެ.

ރޯ ހައުސް މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް 2ގައި 32 ޔުނިޓު އަޅާނެ އެވެ. މި ޔުނިޓުތަކުގައި އެކްސްކްލޫސިވް ކުލަބް ހައުސްތަކާއި ސްވިމިން ޕޫލް އަދި ޒަމާނީ ވަސީލަތްތައް ހުންނާނެ އެވެ. އަދި ސޯޝަލް ހައުސިންގެ ދެ މަޝްރޫއުގެ ދަށުން 2،100 ހައުސިން ޔުނިޓު އަޅާނެ އެވެ.

މީގެ އިތުރުން، ފަރުކޮޅުފުށި ގޭޓަޑް ކޮމިއުނިޓީ މަޝްރޫއުގެ ދަށުން 20 ބީޗު ވިލާ، 60 ގާޑެން ވިލާ، 26 އާބަން ވިލާ އަދި 85 ކޮޓަރީގެ ހޮޓަލެއް ތަރައްގީކުރާނެ އެވެ. މި މަޝްރޫއުތަކުގެ އިތުރުން، ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ އީކޯ ސިޓީ މަޝްރޫއު ވެސް ހިމެނެނީ އެޗުޑީސީގެ ޓްރާންސްފޯމިން ޓުމޯރޯ މަޝްރޫއުތަކުގެ ތެރޭގައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

33 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy