ބަޖެޓް ބަހުސް މިރޭ 11 ޖެހުމާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި

މަޖިލިހުގައި މިރޭ 11 ޖަހަންދެން ބަޖެޓް ބަހުސް ކުރިއަށްދާނެ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުން މިރޭ 11 ޖެހުމާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މި ކަމަށް ވޯޓަށް އެހުމުން، ބައިވެރިވި 52 މެންބަރުން ވެސް ވަނީ ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

ބަޖެޓުގެ ބަހުސް މަޖިލީހުގައި ފަށާފައިވަނީ އިއްޔެ އެވެ. ނަމަވެސް ބަޖެޓު ފޮތް ލިބުމުގައި ލަސްތަކެއް ވުމުން މެންބަރުން ފޮތަށް އަހުލުވެރިވުމަށްޓަކައި ބަހުސް ކުރިއަށް ގެންދިޔައީ ދޮޅު ގަޑިއިރެއްހާ އިރަށެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅީ މިދިޔަ މަހުގެ 31ގައެވެ. އޭގެ ފަހުން މި މަހު 4ގައި ބޭއްވި ބަޖެޓު ކޮމެޓީ ބައްދަލުވުމުގައި ވަނީ މި މަހު 20އަށް ބަޖެޓު ދިރާސާކޮށް ނިންމަން ވެސް ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރާ ކަމަށެވެ. އަދި ޚަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައި ކަމަށާއި، އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ކަމަށް ވެސް އެ މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

20 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy