ވާހަކަ: ކަހަބަ (ދިހަވަނަ ބައި)

"އޯކޭ ހިނގާ."ޝާހިލް ގެ ސަމާސާ ގޮތް ކަނޑުވާލަމުން ބުންޏެވެ. ޝިފްނާ ޝާހިލްގެ ފަހަތުން ހިނގައިގަތެވެ.

ޝާހިލް އޭނަގެ ގެޔަށް ޝިފްނާ ގޮވައިގެން ވަނެވެ. ފުރަތަމަ ފަހަރަށް އެގެޔަށް ވަދެވުމުން ޝިފްނާ ވަށައިގެން ގޭތެރެއަށް ބަލާޅިއެވެ. ޝިފްނާގެ ގެއާއި ދާދި އެއްވަރަކަށް ބޮޑުތަނަވަސް ގެއެކެވެ. ބޮޑުސިންގާ ހުސްމައިދާނެއް ހުރަސްކޮށްވަދެވެން އޮތީ އެގޭ ސިޓިން ރޫމަށެވެ. ސިޓިން ރޫމްވެސް ފުދޭވަރަކަށް ތަނަވަސްކޮށް ތައްޔާރު ކޮށްފައިހުއްޓެވެ. ހައިވަކަރުން ތައްޔާރުކޮށްފައިވާ ސިޓިންރޫމް ގޮނޑިސެޓަށް ޝިފްނާ ބަލާލިއެވެ. ހަމައެޑިޒައިނުގެ ގޮނޑިސެޓެއް އޭނަގެ ގޭގައި ވެސް ހުރެއެވެ. ސިޓިން ރޫމް ހުރަސްކޮށް އެއްފަރާތުން ނިކުމެވެން ހުރި ބޮޑުދޮރަކުން ބޭރަށް ނިކުމެ ހުސް މައިދާނެ ހުރަސްކޮށް އެތެރެއަށް ވަދެގެން ދިޔައެވެ. އެތެރެއަށް ވަދެ ކަނާތައް ހުރި ކޮޓަރިއެއްގެ ދޮރުހުޅުވާލިއެވެ.

"ޝިފޫ އާދޭ."ޝާހިލް ޝިފްނާ އަށް ގޮވާލިއެވެ. ޝިފްނާ މަޑުމަޑުން އެދިމާ އަށް ދިޔައެވެ. ޝާހިލް އާއި އެކީގައި ކޮޓަރި ތެރެއަށް ވަނެވެ.

ޝާހިލް ބޮކިދިއްލާލިއެވެ. މުޅިކޮޓަރި ތެރެއަލިވެގެން ދިޔައެވެ.

"މިއީ އަހަރެންގެ ކޮޓަރި."ޝާހިލް ޝިފްނާ އަށް ބުންޏެވެ. ކޮޓަރި ތެރޭން އެވަގުތު ވެސް ދުވަމުން ދިޔައީ ޝާހިލްގެ ގައިން ދުވަމުންދާ ސެންޓްގެ ވަހެއެވެ. އެނދުގެ ތަންމަތިވަނީ އެއްވެސް ރުޅެއް ނެތް ގޮތައް އޮމާންކޮށް އަޅާލާފައެވެ. ކޮޓަރި ތެރޭގެ ސާފުތާހިރުކަން ބަޔާން ކޮށްދެނީ ޝާހިލްގެ ސާފުތާހިރުކަމެވެ. އެއްފަރާތެއްގައި ހުރި ދެދޮރުފަތްލީ އަލަމާރި ޝާހިލް ހުޅުވާލިއެވެ. އަދި އޭގެން ފަތްޖަހާފައިއޮތް ސާފު ހުދު ތުވާޔެއް ނެގިއެވެ.

"އަން."ޝާހިލް ޝިފްނާ އަށް ތުވާލި ދިއްކޮށްލިއެވެ.

"މީތުވާލި ސާފުވާނެ، އެހެރީ ފާޙާނާ، ފެންވަރާލާގެން ނިކުމޭ، ޝޭންޕޫ،ސައިބޯނި ހުންނާނެ، އަހަރެން އަންނާނަން މަންމަގެ ކޮޓަރިން ޝިފޫ އަށް ލެވޭނެކަހަލަ ހެދުމެއް ހިފައިގެން."ޝާހިލް ބުންޏެވެ.

"މަންމަގެ، އަހަރެންނަށް ހެޔޮވަރުވާނެތަ؟"ޝިފްނާ ހައިރާން ވެފައި އަހާލިއެވެ.

"އާން، އަހަރެން މަންމަ އެހާ ފަލައެއް ނުވާނެ، ހަމަ ޝިފޫހެން ހުންނާނީ."ޝާހިލް ހިނިތުން ވެލަމުން ބުންޏެވެ.

"އަހަރެން މަންމަ ލާނީ ވެސް ޝިފޫ ލާކަހަލަ ހެދުން، ފާޙާނާ އަށް ވަދޭ އަަހަރެން މިއަންނަނީ."ޝާހިލް ނިކުންނަށް ދަމުން ބުންޏެވެ.

ޝިފްނާ ޝާހިލް ދިން ތުވާލި ހިފައިގެން ފާޙާނާ އާއި ދިމާ އަށް ދިޔައެވެ. ޖެހިލުންވެ ހުރެ ފާޙާނާ އަށް ވަދެ ދޮރުލައްޕާލިއެވެ.

އިރުކޮޅެއްފަހުން ޝާހިލް އޭނަގެ މަންމަ ގެ އަލަމާރީން ކުރުތާއެއް ހިފައިގެން އައިސް ވަނެވެ. ޝާހިލް ކުރުތާ އެނދުމަތީގައި ބޭއްވިއެވެ.

"ޝިފޫ، ގެނޭ ހެދުން ދޮންނަން."ޝާހިލް ފާޙާނާ ދޮރުގައި ޓަކިޖަހާލަމުން ބުންޏެވެ.

"ނޫން، އަހަރެން ހެދުން ގެޔަށް ގެންދާނީ."ޝިފްނާގެ އަޑުއިވުނެވެ. އިރުކޮޅަކުން އިވުނީ ފެންމާގަނޑު ދޫކޮށްލިއަޑެވެ.

"ހެދުން މިއޮތީ އެނދުމަތީގައި އިނގޭ."ޝާހިލް އެހެން ބުނެލުމަށްފަހު ކޮޓަރިން ބޭރަށް ނިކުތެވެ. އޭނަގެ މަންމަގެ ރީތިވާ ސާމާނު ބަލައެވެ.

އާސިމާގެ ކޮޓަރިން ސިންޓުފުޅިއަކާ ލޯޝަން ފުޅިހިފައިގެން ޝާހިލް އަށް ނިކުމެވުނީ އޭނަގެ ބޮޑުދާތަ ފަރީދާގެ ކުރިމައްޗަށެވެ.

"ދޮންތަ ހީކުރީ ޝާހިލް ދިޔައީ ޕާޓީއަށް ކަމަށް، މަންމަ ބުނި ޝާހިލް މިރޭ ގެޔަށް އަންނާނީ ލަހުންނޭ."ފަރީދާ ބުންޏެވެ.

"އާން، އެތަނަށް ދަނިކޮށް ކަމެއްދިމާވީ."ޝާހިލް އޭނަގެ ކޮޓަރިއާއި ދިމާ އަށް ހިނގައިގަންނަމުން ބުންޏެވެ.

"ދަރިފުޅާ ޝާހިލް މަޑުކޮށްބަލަ، ގަމީހުގައި ތިހިރީ ކޯއްޗެއް؟"ފަރީދާ އަހާލިއެވެ.

"ގަމީހުގައި އެއްޗެއް އެބަހުރިތަ؟"ޝާހިލް ފަސް ބަލާލަމުން އަހާލިއެވެ.

"އާން، ވާލު ގުއި."ފަރީދާ ބުންޏެވެ.

"ކިހާ ދެރަކަމެއް، ޖަބްރޯލްގަސް ކަނޑާލާނަން."ޝާހިލް ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ބުންޏެވެ.

"އެކަނޑާލަންވީތާ ކޮންދުވަހެއް."އެތެރެއަށް ހިނގަ ގަންނަމުން ފަރީދާ ބުންޏެވެ.

"ތިއެއްޗެހި ބަދަލުކޮށްގެން ދާތި."ފަރީދާ ބުންޏެވެ.

 

 

ޗެޕްޓާރ: 16

ފިރިއެއް ކަމަށް ގަބޫލު ކޮށްފިން.

 

ޝިފްނާ ފެންވަރާ ނިމުމުން ފެންމާގަނޑު ބަންދު ކޮށްލިއެވެ. އަދި ޝާހިލް ދިން ތުވާލިން ގައިހިއްކާލުމަށްފަހު މޭމައްޗާ ހަމައަށް އޮޅާލިއެވެ. ލޯގަނޑުގެ ކައިރިމަޗަށް ހުއްޓިލަމުން އޭނަގެ ބޮލަށް ބަލާލިއެވެ. އެއްވެސް ހަޑިއެއްޗެއް ހުރިތޯއެވެ. އިސްތަށިގަނޑުގައި އަތްކާއްތާލަމުން ވަސްބަލާލިއެވެ. އެއަށްފަހު މަޑުމަޑުން ފާޙާނާގެ ދޮރުހުޅުވާލާފައި ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ޝިފްނާ ފާނާން ނިކުމެ ކޮޓަރިޔަށް ވަދެވެން ހުރި ދޮރު ތަޅުލަން އަތް ދިއްކޮށްލި ވަގުތާ ޝާހިލް ކޮޓަރި ދޮރުހުޅުވާލާފައި އެތެރެއަށް ވަންވަގުތާ ދިމާވީ އެއް ވަގުތަކަށެވެ. ގަމީހުގެ ގޮތައް އެއްކޮށްހެން ނައްޓާލާފައި މޭމަތި އެކޮށް ހާޔަ ފެންނަ ހުރި ޝާހިލް ފެނުމުން ވަގުތުން ޝިފްނާގެ ކޯތާފަތަށް ރަތް ކުލަ ވެރިވެގެން ދިޔައެވެ.

މެޔާއި ހަމައަށް އޮޅާލެވިފައިވާ ހުދު ތުވާލީގައި ޝިފްނާގެ ހަށިގަނޑުން ބޮޑުބައެއްވަނީ ހާމައަށެވެ. އުނަގަނޑާ ހަމަޔަށް ދޫކޮށްލެވިފައިވާ ފަންއިސްތަށިގަނޑުން ފެންތިކި ތަޅައެވެ. ތެމިފައިވާ އިސްތަށިގަނޑާ ގައިގެ ހަންގަނޑުން ފާޅުވަމުން ދިޔަބައި ކޮޓަރީގައި ދިއްލާފައިވާ ނިދާބޮކީގެ ނޫއަލީގައި ވިދަމުންދާއިރު ހާދަ ހިތްގައިމުގެ ގޮތެއް ހުއްޓެވެ. ޝިފްނާ އަށް ލިބިގެންވާ ވިލުނޫކުލައިގެ ލޮލުގެ ރީތިކަން ވެސް އިންތިހާއެވެ. މަޑުފިޔާތޮށިކުލަ ވެރިވެފައިވާ ރީތި ތުންފަތުގައި އުފެދިފައިވާ މަޑުމަޑު ތުރުތުރެއްގެ ސަބަބުން ޝާހިލްގެ ކެތްތެރިކަން ކޮޅުން ލާގޮތްވިއެވެ. މައިތިރި ނުކުރެވޭފަދަ ގަދަ އަލިފާނަކުން އޭނާގެ އެތެރެ ހަށީގައި ހުޅުފަޅާ އަނދަން ފަށައިފިއެވެ. ލަދުން ވިރިވިރިހުރި ޝިފްނާ އަށް ގުޑިލަން ނޭނގިފައި ހުރެވުނެވެ. އަވަހަށް ޝާހިލްގެ ކުރިމަތިން ގޮސް ފިލަން ބޭނުން ވިއަސް ހަށިގަނޑަކަށް އެއްވެސް ބާރެއް ނުފޯރުވުނެވެ. ހުރި ފިޔަވަޅު މަތީގައި ހުރެވުނީއެވެ.

ޝާހިލް ދޮރުލައްޕާ ތަޅުލީއިރުވެސް ޝާހިލްގެ ކަޅިހުއްޓިފައިވަނީ އެރީތި އަންހެން ކުއްޖާއަށެވެ. ޝާހިލް ހުރި ހިސާބުން ޝިފްނާގެ ހިތްއަވަސް ކޮށްލުމުގައި ޝާހިލް ކާމިޔާބު ހޯދައިފިއެވެ. އޮބިނޯންނަ ވަރަށް ތެޅެންފެށި ހިތުގެ އަޑު ޝާހިލް އަށްވެސް އިވޭކަހަލަ އެވެ. ޝީފްނާގެ ރީތި ކަމުގެ އަސަރު ޝާހިލް އަށް ވެސް ކޮށްފިއެވެ. އަސަރުން ފުރިފައިވާ އެމޫނުގައި ބީހިލަން ޝާހިލްގެ ހިތް އެދެންފެށިއެވެ. ދެޒުވާނުންގެ ހަތަރު ކަޅި ބައްދަލު ވެފައިވަނިކޮށް ޝާހިލް ލަސްލަހުން ޝީފްނާގެ އަތުގައި ހިފާލިއެވެ. ޝާހިލްގެ އެބީހިލުމުގެ ސަބަބުން ވަގުތުން ޝީފްނާ ރަތް ޖަންބަކަށް ބަދަލުވީ ފަދަ އެވެ. ފިނިވެފައިވާ އެއަތުގައި ޝާހިލްގެ ޒުވާން ހަށިގަނޑުގެ ހޫނުކަން ބީހިލުންވީ އަނދައަނދާހުރި އަލިފާން ގަނޑަކަށް ތެޔޮއެޅުން ފަދަކަމަކަށެވެ. ޝިފްނާގެ އެފިނިކަންވީ ޝާހިލް އަށް ވެސް ލިބުނު ހިތްހަމަ ޖެހުމަކަށެވެ. ޝިފްނާ މަޑުމަޑުން އޭނަގެ އަތް ޝާހިލްގެ އަތުތެރޭން ދަމައިގަތެވެ. އަދި ޝާހިލް އަށް ފުރަގަސްދިނެވެ.

ޝިފްނާ ދެލޯ މަރާލަމުން އިސްޖަހާލިއެވެ. އޭނަގެ ހިތުގައި މިވަގުތު އުފެދެމުން މިދާ ކަނރަންޓުގެ އޮއިވަރު ހުއްޓޭނީ ކޮންވަގުތަކުން ކަންނޭނގޭތީއެވެ. އޭނަގެ ހިތް މިވަގުތު ޖަހަމުން އެދާ ވިންދުން މޭފަޅާފައި ބޭރަށް ނިކުމެދާނެކަމުގެ އިހްސާސް އެއް ކުރެވެމުން ދިޔައެވެ. ޝާހިލް އޭނަގެ ގަމީސް ބާލާފައި ހުރިތަނަށް ދޫކޮށްލިއެވެ. ޝިފްނާގެ ފަހަތުން ޝާހިލް މަޑުކޮށްލިއެވެ.

"ވަރަށް ލޯބި." ޝިފްނާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ޝާހިލް ބުނެލީ ވައި އަޑުންނެވެ.

އޭނާގެ ދެ ކޯތާފަތާއި މޫނު ކުރިޔަށް ވުރެން ރަތްވެއްޖެ އެވެ. ޝިފްނާގެ ކަންފަތަށް އެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވުމުން ނަފްސު ބެހިގެންދާން ދޫކޮށްލަން އެދޭފަދަ އޮއެވަރެއްގައި ޝިފްނާގެ ހަށިގަނޑު ޖެހުނެވެ. ޝާހިލްގެ ގައިގާ ބާރަށް ބައްދާލަން ޝިފްނާގެ ހިތް އެދެންފެށި އެވެ. ނަމަވެސް އިސްވެ އެފަދަ ގާތްކަމަކަށް އިޝާރާތްކުރާނޭ ހިތްވަރެއް އޭނާގެ ނެތެވެ. އިންތިހާ ލަދުވެތިކަން ޝިފްނާއަށް ހުރަސް އަޅަނީ އެވެ.

"ޝިފޫ." މަސްތުގެ އާރަކުން ފެންބުއިމަށް ކަރުހިއްކައިގަނެފައިވާ އަސަރެއް ޝާހިލްގެ އަޑުގައި ވިއެވެ. އަދި ޝިފްނާގެ ހަށިގަނޑުގައި ހިފައި ޝާހިލް އާއި ދިމާއަށް އަނބުރާލަމުން އޭނަޔާ ގާތް ކޮށްލިއެވެ. އެއާއެކު އަލިކޮޅަކަށް ވެސް ނުވަދެވޭހާ ދެ ހަށިގަނޑު ޖެހި ފިތިއްޖެ އެވެ. ޝިފްނާގެބައްޓަން ދަސްކުރަމުން ދާ ފަދައިން ޝާހިލްގެ ބީހުންތައް ލަހެވެ. ދެ ނޭވާ ގުޅިފައިވާއިރު ޝިފްނާއަށް ނޭވާލާނޭ ފުރުޞަތެއް ވެސް ޝާހިލް ދޭން ބޭނުންނުވާ ކަހަލަ އެވެ.

 

ޝާހިލް ޝިފްނާ އާއި ދުރަށް ޖެހިލިވަގުތު ޝިފްނާ ޝާހިލް އޮތްދިމާ ނޫން އަނެއްދިމާލަށް އެނބުރިލިއެވެ. ޝާހިލް ފަހަތުން އަނެއްކާ ވެސް ބައްދާލިއެވެ. ޝިފްނާގެ އުނަގަނޑުމަތީގައި އޮތް ޝާހިލްގެ އަތުގައި ޝިފްނާ ހިފާލިއެވެ. އެވަގުތު އެނދުގެ ހެޑްބޯޑްމަތީގައި ހުރި ފޯނު ރިންގުވާން ފެށުމުން ދެމީހުން ސިހިފައި ދުރަށް ޖެހިލިއެވެ. އެރިންގުން މުޅިގޮޓަރީގެ ފާރުތައް ތެލިގަނެގެން ދިޔަކައެވެ. އެހަމަހިމޭން މާހައުލު ހަލަބޮލިވެގެން ދިޔައެވެ. ޝާހިލް ކުޑަކޮށް ބޯހިއްލާލާފައި ފޯނުގެ އަތް ގަނޑުނެގިއެވެ. އުފުރިއަރަމުން ދިޔަ ނޭވާ ހަމަޔަކަށް އަޅުވާލަމުން ފޯނަށް ޖަވާބު ދިނެވެ.

"އައްސަލާމް އަލައިކުމް."ޝާހިލް ފޯނަށް ޖަވާބު ދިނެވެ.

"ޝާހިލް ކޮބާ ތިމީހުން، މިހާރު ކޮންއިރެއް؟"ފަޒީލްގެ އަޑުއިވުނެވެ.

"އާން، މިދަނީ، ދެން ލަހެއް ނުވާނެ."ޝާހިލް އަވަސް އަވަހަށް ޖަވާބު ދިނެވެ.

"ހާދަ ވަރުބަލިވެފައި ހުރިހެން ހީވެއޭ؟ ކިހިނެއްވީ؟ ވަގެއްފަހާދުވީތަ؟"ފަޒީލް އަހާލިއެވެ.

"އިހަށް ބާއްވަނީ."އިތުރަށް ޝާހިލް ވާހަކަ ދައްކަން ބޭނުންނުވާތީ ބުންޏެވެ. އަދި ފޯނު ގެ އަތް ގަނޑު ބޭއްވިއެވެ. އިތުރަށް ފަޒީލް ދައްކަނީ ކޮންވާހަކަ އެއްތޯ ވެސް ބަލާކަށް ޝާހިލް ބޭނުމެއް ނުވިއެވެ. ކުރުއައްމައްޗަށް އޮވެފައި ޝާހިލް ޝިފްނާ އަށް ބަލާލިއެވެ.

އޭރު ޝިފްނާ ފޮތިގަނޑު އޭނަގެ މެޔާ ހަމައަށް އަޅައިނިވާވެގެން ހެޑްބޯޑްގައި ލެނގިލައިގެން އިނެވެ. ޝާހިލް ޝިފްނާ އާއި ގާތް ވެލަމުން ފަރުވާތެރި ބެލުމަކުން ޝިފްނާއަށް ބަލާލާފައި ޝިފްނާގެ ތުންފަތުގައި ޝާހިލް ބޮސްދިނެވެ. އަދި މަޑުމަޑުން ޝިފްނާ އާއި ދުރަށް ޖެހިލައި އޭނަގެ ވާއަތުގެތެރެއަށް ޝިފްނާ ގެނެސް ހިފަހައްޓާލިއެވެ. ޝާހިލްގެ އަތްމަތީ ބޯއަޅާލައިގެން ޝާހިލްގެ މޭމަތީގައި ހުރި އިސްތަށިތަކުގައި ފިރުމާލަފިރުމާލައި ޝިފްނާ އޮތީ ހިތްހަމަޖެހިފަ އެވެ.ޝާހިލްގެ ކަނާތް އޮތީ އޭނަގެ ނިއްލަމަތީގައި ބާއްވާލައިގެން ނެވެ. ހީވަނީ ޝާހިލް ބޮޑުކަމަކާ ވިސްނަނީ ހެންނެވެ.

"ޝިފޫ."ޝާހިލް މަޑުމަޑުން ގޮވާލި އެވެ. އެއާއެކު ޝިފްނާ ހޫން ލައްވާލި އެވެ.

"ހިނގާ މެރީ ކުރަން."ނިތްމަތީގައި އޮތް އަތް ދުރަށް ލަމުން ޝިފްނާ އާއި ދިމާ އަށް ބަލާލަމުން ޝާހިލް މަޑުމަޑުން ބުނެލިއެވެ.

"އަހަރެން ވެސް ބޭނުން، އެކަމަކު ބައްޕަ، އެހާ އަވަހަށް ކައިވެނި ކުރާކަށް ގަބޫލެއް ނުވާނެ." ޝިފްނާ މާޔޫސް ރާގަކަށް ބުންޏެވެ.

"މިރޭ މިހިނގި ހާދިސާ އަށް ފަހު އަހަރެންނަށް ޝިފޫ އާއި ވަކިން އުޅެން އުދަގޫވާނެ."ޝިފްނާގެ ކޮލުގައި މަޑުމަޑުން ފިރުމާލަމުން ޝާހިލް ބުންޏެވެ.

"މިއީ އަހަރުމެން ބޭނުންވި ގޮތެއް ނޫން، ކިހިނެއް ކަމެއް ނޭނގޭ މިހާހިސާބަށް އަހަރުމެންނަށް މިދެވުނީ، ޝާހިލް އަހަރެންގެ ގައިގައި ބީހިލި ވަގުތުން ފަށާގެން ތިއީ އަހަރެންގެ ފިރިއެއް ކަމަށް އަހަރެންގެ ހިތާ އަހަރެން ނަފްސުން ގަބޫލުކޮށްގެން މިއިނީ."ޝާހިލްގެ ލޮލާ ހަތަރުކަޅި ހަމަކޮށްލަމުން ޝިފްނާ ބުންޏެވެ.

"އަހަރެން ވެސް، އެކަމަކު ހަމައެކަނި އަހަރުމެން ދެމީހުން ގަބޫލުކުރުމެއް ނޫން ދޯ އޮންނާނީކީ." ޝާހިލް އަނެއްކާ ވެސް ޝިފްނާ އާއި ގާތް ވެލަމުން ލޯބިން ފުރިގެންވާ ރާގެއްގައި ބުންޏެވެ.

"އަހަރެން މިރޭ ބައްޕަ އާއި ވާހަކަ ދައްކާނަން."ޝިފްނާ ޝާހިލްގެ މޭމަތީގައި ބޯއަޅާލަމުން ބުންޏެވެ.

"އަހަރެން ވެސް މަންމަ މިރޭ ޑިއުޓީން އައީމަ ވާހަކަ ދައްކާނަން، އެންމެ އަވަހަށް ލިބޭ ޗުއްޓީއެއްގައި ޝިފޫ މާލެ އަންނާތި މެރީ ކުރަން، އެހާތަނަށް އަހަރެން މިކޮޅުން ރެޑީ ކުރާނަން ހުރިހާކަމެއް."ޝާހިލް އަނެއްކާ ވެސް ޝިފްނާގެ ތުންފަތުގައި ލޯބި ކޮށްލަމުން ބުންޏެވެ.

ފާޙާނާން ދެމީހުން އެއްކޮށް ނިކުމެ ރީތިވާން ފެށިއެވެ. ޝިފްނާ ޝާހިލް ގެނައި ހެދުން ލިއެވެ. ހީވަނީ އޭނަގެ ގަޔަށް ހެޔޮވަރަށް ފަހާފައިވާ ހެދުމެއްހެންނެވެ. ޝާހިލް އޭނަގެ ގަމީހުގެ ގޮށްތައް އަޅުވަމުން ޝިފްނާ އަށް ބަލާލިއެވެ.

"ތިއީ މަންމަ އަދި ނުވެސް ލާ ކުރުތާއެއް، ހީވަނީ ހަމަ ޝިފޫ އަށް ފަހާފައި އޮތް އެއްޗެއް ހެން."ޝާހިލް ޝިފްނާ އާއި ދިމާ އަށް ދަމުން ބުންޏެވެ.

"ޝާހިލްގެ މަންމަ ނުފެނި ފުރަތަމަ ވެސް ލާން މިޖެހުނީ މަންމަގެ ހެދުމެއް."ޝިފްނާ ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން ބަލާލަމުން ބުންޏެވެ.

"މަންމަ ބަލާލަން ބޭނުންތަ؟"ޝާހިލް ޝިފްނާގެ އުނަގަނޑުގައި އަތް ވަށާލަމުން އޭނަޔާ ގާތް ކޮށްލަމުން ކޮލުގައި ބޮސްދެމުން އަހާލިއެވެ.

"ހޫން..."ޝިފްނާ ހޫން އަޅުވާލިއެވެ.

"މިހާރު މަންމަ އާއި މީޓް ކުރަން ރެޑީތަ؟"ޝާހިލް އަނެއްކާ ވެސް ލޯބިކޮށްލަމުން އަހާލިއެވެ.

"ހީނުކުރާކަހަލަ ބޮޑެތި ކަންތައް ވެގެން މިދިޔައީ އެއްވެސް އިޝާރާތަކާ އެނގުމަކާ ނުލާ، ކިހިނެއް އެނގެނީ މިރޭ އަހަރެން ޝާހިލްގެ މީހަކަށް ވާނެކަމެއް، އެކަމަކު އަހަރެން އެއްކޮށްހެން ޝާހިލްގެ މިލްކަކަށް ވެނިމިއްޖެ، އަހަރެން އަބަދުވެސް ނިންމައިގެން ހުރީ ކައިވެންޏެއް ކޮށްގެން ނޫނީ އަހަރެންގެ ހަށިގަނޑު މީހަކާ ހަވާލެއް ނުކުރާނަމޭ، އެކަމަކު."ޝިފްނާ އިސްއޮބާލިއެވެ. ހީވަނީ އަނެއްކާ ވެސް ލަދުވެތިކަމުގެ ފަރުދާއެއް ވެވުނީހެންނެވެ.

"ކަރުދާހުގައި ލިޔެވި ސޮއި ނުކުރާކަން، ޝިފްނާ ތިއީ އަހަރެންގެ އަންބެގެ ގޮތައް ދެކިގެން މިހިރީ، ދެން ޖެހޭނީ އެންމެތެރޭގައި އަނބިގަބޫލުކުރަން."ޝާހިލް އާއި ދިމާ އަށް ޝިފްނާ އަނބުރާލަމުން އިސްޖެހިފައިވާ ޝިފްނާގެ މޫނަށް ބަލާލަމުން ބުންޏެވެ. ޝިފްނާ އާއި ޝާހިލް ދުރަށް ޖެހިލަމުން އޭނަގެ ކަނާތް ޝިފްނާ އާއި ދިމާ އަށް ދިއްކޮށްލިއެވެ.

"ހުވާ ކުރޭ އަހަރެން ނޫން މީހަކާ ނީންނާނެކަމަށް."ޝާހިލް ކުއްލިޔަކަށް ބުންޏެވެ. ޝިފްނާ އިސްއުފުލާލާފައި ޝާހިލް އަށް ބަލާލިއެވެ.

"ކުއްލިޔަކަށް."ޝިފްނާ ބުނަން އުޅުނެވެ.

"ޝިފޫ ހުވާ ކުރޭ، އަހަރެން ނޫން މީހަކާ ނީންނާނެކަމަށް."ޝާހިލް އޭރު ވެސް ހުރީ އަތް ދިއްކޮށްގެންނެވެ. ޝިފްނާ ހިނިތުންވުމެއް ތުންފަތް މައްޗަށް ގެނައެވެ. އަދި ޝާހިލްގެ އަތާ އަތް ޖަހާ ހުވާ ކޮށްލިއެވެ.

"ހުވާ ކުރަން، ޝާހިލް ނޫން މީހަކާ އަހަރެން ނީންނާނަން."ޝިފްނާ ހިމޭން ރާގެއްގައި ބުންޏެވެ. ޝާހިލް ޝިފްނާގެ އަތުގައި ހިފާ އަނެއް އަތުން ޝިފްނާގެ އަތުގައި އަތާ އަތާ ޖަހާލަމުން ޝާހިލް ވެސް ހުވާ ކުރިއެވެ.

"އަހަރެން ވެސް ހުވާ ކުރަން، ޝިފްނާ ނޫން މީހަކާ އަހަރެން ނީންނާން."ޝިފްނާ ޝާހިލްގެ މޫނަށް ބަލާލިއެވެ. ޝާހިލް ޝިފްނާ ގެނެސް އޭނަގެ މޭގައި ލައްކޮށްލިއެވެ.

ޗެޕްޓާރ: 17

7 އަހަރު ކުރީގެ ލޯބި.

 

ތާޖުއްދީނު ސްކޫލް ކައިރިޔަށް ސައިކަލު މަޑުކޮށްލުމަށްފަހު ޝިފްނާ އާއި ޝާހިލް ސައިކަލުން ފޭބިއެވެ. އަދި އަތުގައި އޮތް ޖޯޒީ ކޮތަޅު ހިފައިގެން އެތެރެއަށް ވަދެގެން ދިޔައެވެ. ފަޒީލް އާއި ކޮތަޅު ހަވާލުކޮށްލުމަށްފަހު ޝިފްނާ ގެ އަތުގައި ހިފައިގެން އެކުވެރިންނާ ދިމާ އަށް ދިޔައެވެ. އެންމެންގެ ނަޒު ޝިފްނާ އަށް ހުއްޓިގެން ދިޔައެވެ. ގިނަބަޔަކަށް ޝިފްނާ އެއީ ކާކުކަން ނޭނގުނަސް ޝާހިލްގެ މަދުއެކުވެރިންނަށް ޝިފްނާ އެނގެއެވެ.

"ހެދުން ބަދަލުވެފައި ކިހިނެއްވީ؟"ޞޯއިގާ ސިއްރުސިއްރުން ޝިފްނާ ކުރެން އަހާލިއެވެ.

"ޝާހިލް މެންގޭ ޖަބްރޯލްގަހުގަ އުޅޭ ވާތައް ގުއިލީ."ޝިފްނާ ދެބުމަގާތް ކޮށްލަމުން ބުންޏެވެ.

"އުދަގޫބޮޑު އެއްޗެއްތިއީ، އަހަރުމެންގެ ވެސް އަނބުގަހުގައި އުޅޭނެ، ހުވާ ބޮޑުވެއްޖެ ކަމެއް މިއީ."ޞޯއިގާ ވެސް އެކަމާ ދެރަވެފައިވާ ރާގެއްގައި ބުންޏެވެ.

ޞޯއިގާ އާއި ޝިފްނާ ވާހަކަ ދައްކަން ތިއްބާ ޝާހިލް އާއި ފަޒީލް އައިސް މަޑުކޮށްލިއެވެ. އެދެމީހުންގެ ވާހަކަ މެދުކަނަޑާލަމުން ޝާހިލް ވާހަކަ ދައްކަން ފެށިއެވެ.

"ޝިފޫ ހިނގާ ދާން، ޝިފޫގެ ކާފިއު ވަގުތުޖެހެނީ."ސަމާސާ ރާގަކަށް ޝާހިލް ބުންޏެވެ.

"ތިކާފިއު ވަގުތެއް ނޯންނާނެ އިނީމަކާ، އަވަހަށް އިންނަން އުޅޭ."ޞޯއިގާ ބުންޏެވެ.

"މިރޭ ހިތްވަރުކޮށްލާފައި ބުނަން އެއްބަސްވެއްޖެ."ޝާހިލް ޝިފްނާ އަށް ބަލާލަމުން ބުންޏެވެ.

"ޝިފޫ ކުރަން އުޅެފިއްޔާވާނެ. މައިންބަފައިންނަކީ ކިތަންމެ ހިޓިލަރުބަޔަކަސް، ދަރިން ކުސްޖަހާލީމައި މަޑުކަފަކޮޅަކަށް ވާނެ، އެހެން ނޫންނަމަ އަހަރެންގެ ކައިވެނި ފަޒީލް އަކާނުވީސް."ޞޯއިގާ ހިނިތުން ވެލަމުން ބުންޏެވެ.

 


ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy