ބައިނަލްއަގުވާމީ މާލީ ނިޒާމު ބަދަލުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އަޒަރްބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ އދ.ގެ ތިމާވެއްޓާ ބެހޭ ސަމިޓް، ކޮޕް29ގައި ތަގުރީރު ކުރައްވަމުން، ބައިނަލްއަގުވާމީ މާލީ ނިޒާމު ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް ވިދާޅުވީ ގައުމުތަކަށް އެހީ ދޭއިރު ކޮންމެހެން ބޭނުންޖެހިފައިވާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމަށެވެ.

މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ އެ މަސައްކަތްތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމަށެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީ ދިނުމަށް ފައިސާގެ މިންވަރު ކަނޑައެޅުމުގައި މޫސުމީ ކާރިސާތަކުގެ ހަގީގީ މިންގަނޑުތަކަށް ރިއާޔަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ ހާލަތާއި މޫސުމީ ބަދަލުތަކަށް ހޭނިފައިވާ މިންވަރު އަދި ގެއްލުންތައް ކުޑަކުރެވޭ މިންވަރާއި ލިބޭ ގެއްލުންތަކަށް ބަލައިގެން މާލީ އެހީ އިތުރުކޮށްދޭން ޖެހެއެވެ. އަދި ދުނިޔެއިން ފެންނަމުންދަނީ ހަނގުރާމަތަކަށް ފަސޭހަކަމާއެކު ފައިސާގެ އެހީތެރިކަން އޮއްސަމުންދާއިރު، މޫސުމީ ބަދަލުތަކަށް އެހީތެރިކަން ފޯރުކޮށްދެނީ ވަރަށް ބަލައިގެން ކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މޫސުމީ ބަދަލުތަކަށް ފޯރުކޮށްދެމުންދާ އެހީތެރިކަން އަދިވެސް ވަރަށް ބޮޑުތަން ކުޑަކަމަށާއި، އެކަމުގެ ސަބަބުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އުންމީދުތައް ފަނޑުވަމުންދާ ކަމަށެވެ. ނަމަވެސް މިފަހަރުގެ ކޮޕް ސަމިޓުގައި އެކަން ބަދަލުކުރެވޭނެކަން ސާބިތުކޮށްދިނުމަށް ރައީސް ގޮވާލެއްވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy