ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް 2.2 ބިލިއަން ރުފިޔާއަށް އިތުރުކޮށްފި

އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތައް ހިންގުމަށް ރަނގަޅު އަދަދެއް ހުށަހެޅިފައިވޭ

އަންނަ އަހަރު ބްލޮކް ގްރާންޓުގެގޮތުގައި ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

މިއީ 2023 ވަނަ އަހަރު ދޫކޮށްފައިވާ މިންވަރަށްވުރެ 14.3 އިންސައްތަ އިތުރު އަދަދެކެވެ.

ކުރިން އަންނަ އަހަރު ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ މިންވަރުގެ ގޮތުގައި ހިމަނާފައި އޮތީ 1.4 ބިލިޔަން ރުފިޔާއެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވަނީ ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެ މަތިން އަންދާޒާކުރާ އާމްދަނީގެ މަދުވެގެން 5 އިންސައްތަ އަދި ކައުންސިލްތަކުގެ އިޚްތިޞާޞްގައި ނުހިމެނޭ ސަރަހައްދުތަކުގެ ކުލީގެ 40 އިންސައްތައާ އެއްވަރުގެ އަދަދެއް ކަމަށްވާ 2.1 ބިލިޔަން ރުފިޔާއެވެ.

ބްލޮކް ގްރާންޓު ދޭ ގޮތް ބަދަލުކުރަން ފުރަތަމަ ހުށަހަޅާފައިވަނީ އާމްދަނީ އިތުރުވަމުންދާއިރު، ކައުންސިލްތަކުގެ ބްލޮކް ގްރާންޓުވެސް އެއާ އެއްމިންވަރަކަށް އިތުރުކުރުމަށެވެ. އަދި ކައުންސިލްތަކުން އަމިއްލައަށް ހޯދާ އާމްދަނީވެސް އިތުރުވަމުންދާއިރު، ކައުންސިލްތަކުގެ އާންމު ޚަރަދުތައް އެއާ އެއްހަމައަކުން އިތުރުވަމުންނުދާކަން ފާހަގަވެފައިވާތީއެވެ.

ނަމަވެސް މިވަގުތު ބްލޮކް ގްރާންޓް ހިސާބުކުރާ ގޮތް ބަދަލު ނުކުރަން ނިންމާފައިވާކަމަށް ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެ ނިންމުމާ ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހަށް މިހާރު ހިއްސާކޮށްފައިވާކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy