ދަރުމަވަންތަ ހޮސްޕިޓަލް
ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުރިހާ ފެސިލިޓީއެއް ޤާއިމްކޮށް ދަރުމަވަންތަ ހޮސްޕިޓަލް މިމަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް، ޓަރޝަރީ ހޮސްޕިޓަލަކަށް ހަދައި، އެ ތަނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ޤާއިމުކުރާނެކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތްތަކެއް ޓަރޝަރީ ފެންވަރަށް ގެނެސް އެ ހޮސްޕިޓަލްވެސް ޓަރޝަރީ ހޮސްޕިޓަލަކަށް އަންނަ ހަފްތާގައި ބަދަލުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫޢުގެ ގޮތުގައި އިމާރާތްކުރެވުނު ދަރުމަވަންތަ ހޮސްޕިޓަލް ވޭތުވެދިޔަ 5 އަހަރު ބޭނުންނުކޮށް އޮތުމުގެ ސަބަބުން މެޝިނަރީތައް ހަލާކުވެ، މަރާމާތަށް ބޮޑު ހޭދައެއް ކުރަން ޖެހުނެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތުވެސް ގިނަ ޚިދުމަތްތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 4 އޮޕަރޭޝަން ތިއޭޓަރާއި 14 އެނދުގެ އެންއައިސީޔޫއަކާއި 10 އެނދުގެ އައިސީޔޫއެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް