ރައީސް އޮފީސް
ރާއްޖޭގެ ދިގު މުއްދަތަކަށް އިގުތިސާދީ ހަމަޖެހުމާއި ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ގާނޫނެއް އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި ގާނޫނުން އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުމަށް ސާފު ގަވަނަންސް އޮނިގަނޑެއް ގާއިމްކޮށް، އެސްއޯއީތަކުގެ މިލްކުވެރިކަމުގެ ސިޔާސަތުތައް ކަނޑައަޅައި އެސްއޯއީތައް ހިންގުމާއި ބެލެހެއްޓުމުގެ މިންގަނޑުތައް ކަނޑައަޅާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ގާނޫނުގައި އެސްއޯއީ މާނަކުރުމާއި، ދައުލަތުގެ މިލްކުވެރިކަމުގެ މަގްސަދާއި، ބޯޑު މެންބަރުން އައްޔަންކުރުމުގެ އިޖުރާއަތްތަކާއި، ހާމަކަން އިތުރުކުރުމުގެ ޝަރުތުތަކާއި މާލީ ކަންކަން ބެލެހެއްޓުމުގެ ނިޒާމުތައް ހިމެނޭނެއެވެ. އަދި އެސްއޯއީތަކުގެ ގަވަނަންސްގައި ހިމެނޭ ސަރުކާރުގެ އިދާރާތަކުގެ ދައުރާއި މަސްއޫލިއްޔަތުތައް ސާފުކޮށްދޭނެއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ގާނޫނު އުވާލައި، ހިއްސާދާރުގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓްރީން އެސްއޯއީތަކުގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވާން ވަނީ ނިންމާފައެވެ. އަދި އެ ގާނޫނުގެ ތެރެއިން ގަވަނަންސް އަދި އެހެނިހެން ދާއިރާތަކުން ކަނޑައަޅާފައިވާ މުހިންމު އިޖުރާއަތްތައްވެސް އެސްއޯއީ ގާނޫނުގައި ހިމެނޭނެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފިސްކަލް ހިރާސް ކުޑަކުރުމަށާއި ސިނާޖީތައް ހާސިލްކުރުމަށްޓަކައި ބައެއް ކުންފުނިތައް އެއްކުރުމާއި، ގެއްލުމުގައި ހިންގާ ކުންފުނިތަކުގެ ސަބްސިޑިއަރީގެ ގޮތުގައި ހަމަޖެއްސުމާއި ބައެއް ކުންފުނިތައް ލިކުއިޑޭޓްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އެސްޓީއޯއިން ފެނަކައިގެ ހިއްސާ ގަތުމާއި، އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެއްކޮށްލުން ފަދަ ބަދަލުތައް ހިމެނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް