އާސަންދަ
ދައުލަތުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކޮށްދޭ ނިޒާމު އާސަންދަ އަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި އެންމެ މުއްސަނދިން އަންނަ އަހަރުން ފެށިގެން ވަކި އަދަދެއް އެ ނިޒާމަށް ދައްކަންޖެހޭ ގޮތަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން، އާސަންދައިގެ ހަރަދުތައް ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި މުހިއްމު ދެ ބަދަލެއް އަންނަ އަހަރުގެ އޭޕްރީލް އިން ފެށިގެން ގެންނާނެ އެވެ. މި ބަދަލުތަކާ އެކު، އާސަންދަ އިން 600 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދެއް ކުޑަ ކުރެވޭނެ ކަމަށް ލަފާކުރެ އެވެ.
މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަތުން ވަކި އަދަދެއް ނަގަން ވަނީ ކަނޑައަޅައިފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ، މި ކޮންޓްރިބިއުޝަންގެ ސަބަބުން، މުޅި ނިޒާމު ޕްރޮގްރެސިވް ކުރެވި، އެންމެ ފަގީރު ހާލުގައި އުޅޭ މީހުންނަށް މާލީ ބުރައަކާ ނުލައި ސިއްހީ ހިދުމަތްތައް ލިބޭކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.
އެންމެ މުއްސަދިންގެ އަތުން ފާމަސީތަކާއި ސަރުކާރުގެ ހޮސްޕިޓަލުތަކުން ހޯދާ ބައެއް ސިއްހީ ހިދުމަތްތަކަށް ވެސް ކޯ-ޕޭ ނިޒާމެއް ތައާރަފް ކުރުމަށް ޕްލޭން ކޮށްފައިވެ އެވެ. އެންމެ ގިނައިން އާމްދަނީ ލިބޭ މީހުން އައުޓްޕޭޝަން ހިދުމަތްތައް ހޯދާ އިރާއި އެސެންޝަލް ނޫން ބޭސް ގަންނަ އިރު ބިލްގެ ވަކި މިންވަރެއް ކޮންޓްރިބިއުޝަނެއްގެ ގޮތުގައި ދައްކަން ޖެހޭ ގޮތަށް ބަދަލުކޮށް އަމަލު ކުރަން ވަނީ ނިންމައިފައެވެ.
އާސަންދަ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ތަންތަނުން ހިދުމަތް ހޯދާއިރު، އާސަންދަ ސްކީމުން ކަވަރު ކުރަނީ ބިލްގެ ވަކި އަދަދެކެވެ. ބާކީ ބައި އަދާކުރަނީ ހިދުމަތް ހޯދާ މީހުންނެވެ. އާސަންދައިން ކަވަރު ކުރާ އަދަދު ޖުމްލަގޮތެއްގައި އެއްގޮތް ނަމަވެސް އަމިއްލަ ޖީބުން ދައްކަން ޖެހޭ ބައި އެކި ހޮސްޕިޓަލުތަކުގައާއި ކްލިނިކްތަކުގައި ތަފާތެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް