ވޭޕް މަނާކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

މަޖިލިހުން ބިލް ފާސްކޮށްފައިވަނީ 54 މެމްބަރުންގެ އަގުލަބިއްޔަތުން / ފޮޓޯ:މަޖިލިސް

ވޭޕް މަނާ ކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މި ބިލު ފާސްކޮށްފައިވަނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި 54 މެންބަރުންގެ ވޯޓުންނެވެ. އަށް މެންބަރުން ވަކި ކޮޅަކަށް ވޯޓެއް ނުދެއްވައެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާން މިދިޔަ މަހު ފަހުކޮޅު ހުށަހެޅުއްވި މި ބިލުގެ ދިރާސާ ކުރި އިޖުތިމާއީ ކޮމިޓީން އެންމެ ފުރަތަމަ ނިންމީ، ބިލުގައިވާ މުއްދަތު ތެރޭ ވޭޕް މަނާ ކުރެވޭ ގޮތަށް އެ މުއްދަތު ތެރޭގައި ބިލު ދިރާސާކޮށް ނިންމުމަށެވެ. ނަމަވެސް ފަހުން އެ ކޮމިޓީން ބޭނުންވީ އަވަސް އަރުވާލައިގެން ބިލު ފާސް ނުކޮށް، ދިރާސާ ކުރުމަށް އިތުރު ވަގުތު ނެގުމަށެވެ.

މިދިޔަ ހަފްތާ އަންގާރަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައި އޮތީ މި މަހު 21އަށް ބިލުގެ ސުންގަޑި ދިގު ދެންމުމަށެވެ. ނަމަވެސް ފަހުން އަނެއްކާވެސް ކުއްލި ގޮތަކަށް މިދިޔަ ބުދަ ދުވަހު ހަވީރު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ސަރުކާރުން ފޮނުވި މައިގަނޑު ހުރިހާ އިސްލާހުތަކާ އެކު ކުދި އިސްލާހުތަކެއް ގެނެސް، ބިލު ފާސް ކުރަން ކޮމިޓީން ނިންމާފައިވެއެވެ.

މި ބިލު ރައީސް ތަސްދީގު ކުރެއްވުމާ އެކު، އަންނަ ހުކުރު ދުވަހުން ފެށިގެން ވޭޕް ރާއްޖެ އެތެރެ ކުރުން މަނާވާނެ އެވެ. އަދި އަންނަ މަހު 15 އިން ފެށިގެން ވޭޕް ބޭނުން ކުރުމާއި ވިއްކުން އަދި ބެހުން މަނާވާނެ އެވެ. މަނާ ކުރާ ފަހުން މިކަން ކޮށްފި ނަމަ، ބޮޑެތި ޖޫރިމަނާ އަންނާނެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy