އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް އައްޔަންކޮށްފި

ނާހިލް އަޙްމަދު ސިއްދީގު

ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް ނާހިލް އަޙްމަދު ސިއްދީގު އައްޔަންކޮށްފިއެވެ.

ނާހިލް މި މަޤާމަށް އައްޔަންކުރެވުނުއިރު، އޭނާ ހުންނެވީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަޤާމުގައެވެ.

ނާހިލްގެ މި އައު މަޤާމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގައެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އެފްއޭއެމްގައި މަސައްކަތްކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު ރަސްމީ ވަޒީފާއަކަށް ވަނުމުގެ ކުރިން އިންޓަރންޝިޕް މަރުޙަލާއެއްގައި އެ އެސޯސިއޭޝަނުގައި މަސައްކަތްކޮށްފައިވެއެވެ.

އެފްއޭއެމްގައި ނާހިލް އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ކޮމްޕެޓިޝަން އޮފިސަރުގެ މަޤާމުގައެވެ. އޭގެ ފަހުން އޭނާ ވަނީ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ އެކްޓިންގ ހެޑްގެ މަޤާމާ ހަމައަށް ކުރިއަރާފައެވެ. ނާހިލް ވަނީ ވެސްޓް އޮފް އިންގްލެންޑް ޔުނިވަރސިޓީން ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމު އެންމެ ފަހުން އަދާކުރެއްވީ މުޙައްމަދު ޖައުޝަން ޝަރީފެވެ. ނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވުމަށްފަހު ޖައުޝަން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy