އިސްލާމީ-އަރަބި ސަމިޓުން އިސްރާއީލް އދ. އިން ވަކިކުރުމަށް ގޮވާލައިފި

ސަމިޓުގަި ބައިވެރިވެ ވަޑައިގެންނެވި ބައެއް ލީޑަރުން

ސައުދީ އަރާބިއާގެ ވެރިރަށް ރިޔާދުގައި އިއްޔެ ބޭއްވުނު އިސްލާމީ-އަރަބި ސަމިޓުގައި ބައިވެރިވި ޤައުމުތަކުގެ އިސްވެރިން، ފަލަސްތީނުގެ މައްޗަށް އިސްރާއީލުން ދަނީ ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށާއި، އެ ޤައުމު އދ. އިން ވަކިކުރުމަށް ގޮވާލައިފިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވީ އިސްރާއީލްގެ މަޤްޞަދަކީ ގާޒާ އަތުލުމާއި ފަލަސްތީނުގެ ވުޖޫދު ނައްތާލުން ކަމަށެވެ. މިސުރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ އާއި ޖޯޑަންގެ ކިންގް އަބްދުﷲ ވެސް ވަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރިކުރައްވާފައެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ގޮވާލެއްވީ އިސްރާއީލް އދ. އިން ސަސްޕެންޑްކުރުމަށް މަސައްކަތްކުރުމަށެވެ. މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ ހަރުކަށި ނިންމުންތަކެއް ނިންމަން ޖެހިފައިވާ ކަމަށެވެ. ލުބުނާންގެ ބޮޑުވަޒީރު ނަޖީބު މީކާތީ ވިދާޅުވީ އިސްރާއީލްގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވަމުންދާ ކަމަށެވެ.

މި ސަމިޓުގައި ބައިވެރިވި އެހެން ގައުމުތަކުގެ އިސްވެރިންވެސް ވަނީ ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ގިނަ ލީޑަރުން އެއްބަސްވެވަޑައިގަތީ އިސްރާއީލްގެ އަމަލުތައް ކުށްވެރިކުރުމަށާއި، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ސަމިޓުގެ ނިންމުމުގައި، ބައިވެރިވި ގައުމުތަކުން އެއްބަސްވެފައިވަނީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އެކުގައި މަސައްކަތްކުރުމަށާއި، އިސްރާއީލްގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދުމަށެވެ. އަދި ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅައި، އެކަމަށް އެހީތެރިވުމަށްވެސް އެއްބަސްވެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy