---
ފަލަސްތީނުގެ މައްސަލާގައި ނަތީޖާ ނެރުމަށް ސައުދީގެ ލީޑަރޝިޕްގެ ދަށުން އިސްލާމީ އުއްމަތުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޛުގައި ކުރިއަށްދާ ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ތަޤުރީރުކުރައްވަމުންނެވެ.
އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، މަޝްވަރާކުރުމަށް ބާއްވާ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިސްރާއީލުގެ ހައްދުފަހަަނަ އަޅާފައިވާ ރަހުމުކުޑަ އަމަލުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ވޭނުގެ ވާހަކައަކީ އިއްޔެ ނުވަތަ މިއަދު ދައްކާ ވާހަކައެއް ނޫންކަމަށާއި، މިއީ އެތައް އަހަރެއްހާ ވެފައިވާ މައްސަލައެއްކަަމަށެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ ބައި ލައްކައަށްވުރެ ގިނަ ރައްޔިތުން މަރާލާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާތާ އެތައް އަހަރެއްވީއިރުވެސް އެ މައްސަލައަށް ހައްލެއް ނުލިބޭކަމަށާއި، އަދި ބާރުވެރި ފަރާތްތަކަށް އެކަމާއި އަޅާލާ މަންޒަރުވެސް ނުފެންނަކަމަށެވެ. އަދި ބާރުވެރި ފަރާތްތަކުން ފަލަސްތީނުގެ މައްސަލާގައި ހަމަހިމޭނުން އޮތުމުން، ނުވަތަ ފިޔަވަޅެއް ނާޅާ އޮތުމުން އެކަމުގެ ފައިދާ ނަގައިގެން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތައް އިސްރާއީލުން އިތުރަށް ވަރުގަދަކުރާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބާރުގަދަ ޤައުމުތަކުން ޕަލަސްތީނުގެ މައްސަލާގައި އަމަލުކުރާ ގޮތުން ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައިގެ އަގެއް ނެތްކަމަށް އެ ޤައުމުތަކުން ބަލާކަން ދޭހަވާކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުއާއި ނުފޫޒުގަދަ ފަރާތްތަކުން ފަލަސްތީނުގެ ރައްޔިތުން ފެއިލްކޮށްލާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުުރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އދގައި ކުރާ މަސައްކަތްތަަށްވެސް ވީޓޯގެ ބާރު ބޭނުންކޮށްގެން ހުރަސް އަޅަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަލަސްތީނުގެ ދައުލަތް ދުނިޔޭގެ ގިނަ ޤައުމުތަކަކުން ބަލައިގެންފައިވާކަމަށާއި، ނަމަވެސް ބައިނަލްއަޤްވާމީ މުޖްތަމަޢުއިން އެކަމަށް ސިޔާސީގޮތުންނާއި މާލީގޮތުން ބާރުދޭންޖެހޭކަމަށެވެ. އަދި އެގޮތުން ކުރާ ކިތަންމެ ކުޑަ މަސައްކަތެއްވިޔަސް، ކިތަންމެ ބޮޑު މަސައްކަތެއްވިޔަސް، އެއީ މާނަ ހުރި ކަންކަންކަމާއި، ރާއްޖެއިންވެސް އެ މަގުން ކިތަންމެ މަސައްކަތެއް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް