ކޮޕް 29 ދުނިޔޭގެ ގިނަ ގައުމުތަކަކުން ބައިވެރިވާނެ
އަފްޣާނިސްތާނުގެ ވެރިކަންކުރާ ތާލިބާނުން އަންނަ ހަފުތާގައި ފަށާ އދ.ގެ މޫސުމާ ބެހޭ ބޮޑު ކޮންފަރެންސް، ސީއޯޕީ29 ގައި ބައިވެރިވާނެ ކަމަށް އަފްޣާން ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
މިއީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން މިފަދަ ކޮންފަރެންސެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބާއްވާ މި ސަމިޓަކީ ތާލިބާނުންގެ އޮފިޝަލުން ބައިވެރިވާ އެންމެ މަތީ ފެންވަރުގެ މަލްޓިލޭޓަރަލް އިވެންޓްތަކުގެ ތެރޭގައި ހިމެނޭ އިވެންޓެކެވެ. ނަމަވެސް، އަންހެނުންގެ ތައުލީމާއި މިނިވަންކަމަށް ތާލިބާނުން ކަނޑައަޅާފައިވާ ހުރަސްތަކުގެ ސަބަބުން އދގެ އާންމު މަޖިލީހުގައި އަފްޣާނިސްތާނުގެ ގޮނޑިއަށް ތާލިބާނުންނަށް ފުރުސަތު ދީފައެއްނުވެއެވެ.
މި ފަހަރުގެ ކޮންފަރެންސްގައި އަފްޣާން އެންވަޔަރަންމަންޓް އެޖެންސީގެ އޮފިޝަލުން ބައިވެރިވާނީ އޮބްޒާވަރުންގެ ގޮތުގައެވެ. އަފްޣާނިސްތާނަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.
ފެންބޮޑުވުމާއި ހަނަފަސްކަމުގެ ސަބަބުން އަފްޣާނިސްތާނަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަކީ މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ތާލިބާނުން އަޅާ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް