އޭޑީބީން ރާއްޖެއަށް 21.95 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 21.95 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.

މި އެހީ ދިނުމަށް ނިންމާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށެވެ.

އޭޑީބީން މިއަދު އިއުލާންކުރި ޕެކޭޖުގައި ހިމެނެނީ 4 މިލިއަން ޑޮލަރުގެ ލުއި ލޯނަކާއި އޭޝިއަން ޑިވެލޮޕްމަންޓް ފަންޑުން އެންމެ ފަގީރު އަދި ތަރައްގީވަމުން އަންނަ ނާޒުކު މެމްބަރު ގައުމުތަކަށް ދޭ 17.95 މިލިއަން ޑޮލަރުގެ ހިލޭ އެހީއެކެވެ.

މި މަޝްރޫއުގެ ދަށުން މޫސުމީ ކާރިސާތަކާ ގުޅިގެން ދުރާލާ އިންޒާރުދިނުމަށް މާލެ އަދި އައްޑޫގައި ގާއިމުކޮށްފައިވާ ނިޒާމުތައް އަޕްގްރޭޑް ކުރެވިގެންދާނެއެވެ. މި ސިސްޓަމްތައް އަޕްގްރޭޑްކުރުމުން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އަށް ރިއަލް ޓައިމްކޮށް މޫސުމާއި އާލީ ވާނިން ސިސްޓަމް މޮނިޓާ ކުރެވިގެންދާނެއެވެ.

އަދި ހދ. ކުޅުދުއްފުށީގައި ދިމާވާ ފެން ބޮޑުވުމުގެ ހާދިސާތައް މެނޭޖުކުރުމަށް ފެން ހިންދުމާއި ފިލްޓަރޭޝަންގެ ނިޒާމު ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން ކަނޑޫފާގެ ސަރަހައްދުތައް އަލުން އާލާކޮށް ގުދުރަތީ އެހެން ވެސް ހައްލުތައް ގެނެވޭނެއެވެ. އަދި ރަށް ގިރުން ފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

ދިގު މުއްދަތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން އެހީވުމުގެ ގޮތުން ކްލައިމެޓް ސްމާޓް އާބަން ފާމިން ޓެކްނޮލަޖީ ތައާރަފުކޮށް އައްޑޫ އަދި ހދ. އަތޮޅުގައި އެކަން ފަށާނެ ކަމަށް ވެސް އޭޑީބީން ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy