ވެރިކަމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަމާނާތެއް: ރައީސް މުއިއްޒު

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ވެރިކަމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަމާނާތެއްކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ  ޖުމްހޫރީ ދުވަސް ފާހަގަ ކުރު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ ބޭއްވުނު މި ޚާއްޞަ ޖަލްސާގައި އެ މަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދެވުމުގައި އެމަނިކުފާނުގެ ބައްޕާފުޅު ލިޔުއްވާފައިވާ ފޮތެއް ބޭނުންކުރައްވާފައި ވެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާ ބޮޑު މޮޅެއް ނޫނެވެ. އަދި އެއީ ވެރިކަން ކުރާ މީހާގެ އަމިއްލަ މުދާގަނޑެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި، ވެރިކަމަކީ ވަރުގަދަ ޒިންމާއެއް، މަސްއޫލިއްޔަތެއް އަދި އަމާނާތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ބައްޕާފުޅުގެ ފޮތުން ހަވާލާދެއްވަމުން، ރައްޔިތުންނަކީ ގައުމުގައި އެންމެ ހައިބަތު ބޮޑު، ގަދަރު އުފުލިގެންވާ ފަރާތް ކަމަށް ވިދާޅުވިއެވެ. އަދި ވަލިއްޔުލް އަމްރަކީ ރައްޔިތުންގެ މަސްއޫލިއްޔަތު ބަލަހައްޓަން ހަވާލުކޮށްފައިވާ ހަވާލުދާރެއް، ވަކީލެއް އަދި ޚާދިމެއް ކަމަށް ވިދާޅުވިއެވެ.

މި އުސޫލުތަކަށް ރިއާޔަތްކޮށް، މިދިޔަ އެއް އަހަރު ދުވަހު ރައްޔިތުންގެ ފަޅީގައި ހުރެގެން މަސައްކަތްކުރެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ގިނަ ދުވަސްތަކެއް ވާންދެން އަތްނުލެވި ހުރި ގިނަ މައްސަލަތަކެއް ހައްލު ކުރެވޭތޯ ބެއްލެވި ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ޑްރަގްގެ މައްސަލަތަކާއި ގޭންގު މާރާމާރީގެ މައްސަލަތައް ހައްލުކުރުމަށާއި، ވޭޕް މަނާކުރުމަށާއި، ބޭހުގެ މާފިޔާ ނައްތާލުމަށް މަސައްކަތްކުރެއްވީ ރައްޔިތުންގެ ފަޅީގައި ހުންނަވައި ރައްޔިތުންނަށް ޚިދުމަތްކޮށްދެވުމުގެ ގޮތުންނެވެ. އަދި މި މަސައްކަތުގައި ރައްޔިތުން ވެސް އެ މަނިކުފާނާ އެކު ސާބިތުވެ ތިބުމަކީ އެ މަނިކުފާނުގެ އުއްމީދު ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy