ވަޒީރު ޠާރިޤް "ކޮޕް 29" ގައި ބައިވެރިވެވަޑައިގަތުމަށް ބާކޫއަށް ފުރާވަޑައިގެންފި

މިނިސްޓަރ ޠާރިޤު ފުރާ ވަޑައިގަތުން

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުން ކަމުގައިވާ "ކޮޕް 29" ގައި ބައިވެރިވެވަޑައިގަތުމަށް އަޒަރުބައިޖާންގެ ވެރިރަށް ބާކޫއަށް ފުރާވަޑައިގެންފިއެވެ.

ވަޒީރުގެ އަރިހުގައި އެ ވުޒާރާގެ އިސްވެރިންގެ ޓީމެއް ބައިވެރިވެވަޑައިގަންނަވައެވެ.

މިފަހަރުގެ ކޮޕް ސަމިޓުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވަޒީރު ޠާރިޤް ވިދާޅުވެފައިވެއެވެ. ކޮޕްގެ ހަވާސާގައި ރާއްޖެއިން 4 އިވެންޓެއް އިންތިޒާމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އިއާދަކުރަނިވި ހަކަތައާ ގުޅޭ އިވެންޓަކާއި، ފަރުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭ އިވެންޓެއް ހިމެނެއެވެ.

ކޮޕަށް ދިއުމުގެ ކުރިން، ތިމާވެއްޓާ ގުޅޭ މައްސަލަތަކާ ގުޅޭގޮތުން ޒުވާނުންގެ ޚިޔާލު ހޯދުމަށް ޚާއްސަ އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޚިޔާލުތަކަށް ބިނާކޮށް، ކޮޕަށް ގެންދިއުމަށް ރާއްޖޭގެ ޒުވާނުންގެ ފަރާތުން ޚާއްސަ ސްޓޭޓްމަންޓެއް ވަނީ ތައްޔާރުކޮށްފައެވެ.

ކޮޕް 29 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ ހޭދައަށް ބޭނުންވާ މާލީ އެހީ، ރާއްޖެ ފަދަ ޤައުމުތަކަށް ހޯދައި ދިނުމަށް ރާއްޖެއިން ދަނީ ކޮޕްގައި ވަކާލާތުކުރަމުންނެވެ.

މިއަހަރުގެ ކޮޕް ސަމިޓު ކުރިއަށްދާނީ މި މަހުގެ 11 އިން 22 ގެ ނިޔަލަށް އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައެވެ. މިއަހަރު ކޮޕްގެ ޝިޢާރަކީ "އިން ސޮލިޑޭރިޓީ ފޯރ އަ ގްރީން ވޯލްޑް" އެވެ. މިއީ ދުނިޔެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން އދ.ގެ މެމްބަރު ޤައުމުތަކުގެ ތެރެއިން ކުދި ބޮޑު ހުރިހާ ޤައުމަކުން ބައިވެރިވާ އެންމެ ބޮޑު ސަމިޓެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy