ސްޓެލްކޯއިން ކުރިއަށް ގެންދާ ޕްރޮޖެޓްގެ ތެރެއިން
ސްޓެލްކޯއިން ކަނޑުގެ ރާޅާއި އޮއިން ހަކަތަ އުފެއްދުމުގެ ދިރާސާއެއް ފަށާފިއެވެ.
މިކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.
ފަހުމީ ވިދާޅުވެފައިވަނީ މި ދިރާސާއިން ކަނޑުގެ އޮއިން ހަކަތަ އުފެއްދޭނެ ގޮތްތަކެއް ހޯދުމާއެކު، ސޯލާއަށްވުރެ ބޮޑަށް އެކަން ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރެވޭނެ މަގުތައް ހުޅުވިގެންދާނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކަނޑުގެ ރާޅުތަކަކީ ފައިދާހުރި ހަކަތައިގެ ވަސީލަތެއްގެ ގޮތުގައި އޮތުމުގެ ފުރުސަތު ދެނެގަތުމަށް ހަރުދަނާ ޑޭޓާ އެއްކުރުމާއި އެނަލައިޒް ކުރުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ ކަނޑުގެ ރާޅުތަކަކީ އިރުގެ ހަކަތައަށްވުރެ މޫސުމުގެ ހާލަތުގެ އަސަރު ކުޑަ ރާޅުތަކަކަށްވާތީ، ހަކަތައިގެ ސަޕްލައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ފޯރުކޮށްދެވިދާނެ ކަމަށެވެ. އަދި މި ދިރާސާގެ އަލީގައި ސްޓެލްކޯގެ އަމާޒަކީ މިހާރު ހުރި އިއާދަކުރަނިވި ވަސީލަތްތައް ފުރިހަމަ ކުރާނެ ގޮތް ދެނެގަނެ، މިހާރަށްވުރެ ހަރުދަނާ އިތުބާރު ކުރެވޭ ހަކަތައިގެ ގްރިޑެއް ގާއިމު ކުރުން ކަމަށްވެސް ފަހުމީ ވިދާޅުވެފައިވެއެވެ.
މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށްވާ 2028 ގައި ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓް އިޔާދަ ކުރަނިވި ހަކަތައިން އުފެއްދުމުގެ މަގުފަހިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް