ޓްރަންޕަށް ދެވުނު ހަމަލާގެ ތެރެއިން
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި މީހަކަށް ދައުވާ ކޮށްފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ އަފްޣާން ރައްޔިތެއް ކަމަށްވާ ފަރުހާދު ޝަކެރީއަށެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ހުށަހެޅި ދައުވާގައި ބުނެފައިވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އޭޖެންޓަކު އޮކްޓޯބަރު މަހު، ޓްރަމްޕް އަވަހާރަކޮށްލުމުގެ ރޭވުމެއް އެކުލަވާލުމަށް ޝަކެރީއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ޝަކެރީ އެކަމަށް އިޖާބަ ނުދިން ކަމަށް ދައުވާގައިވެއެވެ.
އެޓާނީ ޖެނެރަލް މެރިކް ގާލަންޑް ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި މައްސަލައަކީ އީރާނުން އެމެރިކާގެ ގައުމީ ސަލާމަތަށް ކުރާ ނުރައްކަލުގެ ހެއްކެއް ކަމަށެވެ. ނަމަވެސް މި ތުހުމަތުތައް އީރާނުން ވަނީ ދޮގުކޮށްފައެވެ.
ޝަކެރީއަކީ ކުޑައިރު އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހެއް ކަމަށާއި، ނަމަވެސް ފޭރުމުގެ ކުށް ސާބިތުވެ 2008 ވަނަ އަހަރު އޭނާ ވަނީ ޑީޕޯޓުކޮށްފައިވާ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވެއެވެ. އަދި އޭނާއަކީ އީރާނަށް ފާޑުކިޔާ އެމެރިކާގެ ނޫސްވެރިއަކު މަރާލުމަށް ރޭވި ރޭވުމެއްގައިވެސް ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ވަނީ އީރާނުން ދުނިޔޭގެ ގައުމުތަކުގައި ދިރިއުޅޭ އެމެރިކާ އާއި އެގައުމުގެ އެކުވެރި ގައުމުތަކުގެ ރައްޔިތުންނަށް ހަމަލާދީ، ރަހީނުކުރުމާއި، މަރާލުން ފަދަ ހަމަލާތައް ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މިއީ 2020 ވަނަ އަހަރު އެމެރިކާއިން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރު ޤާސިމް ސުލައިމާނީ އިރާގުގައި މަރާލި މައްސަލައިގެ ބަދަލު ހިފުމަށް ކަމަށްވެސް ބުނެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް