ފުލެޓް ލިސްޓް ގިނަބައެއް އިންތިޒާރުކުރަމުންދާ ކަމެއް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފުތާގައި އާންމުކޮށް ޝަކުވާއަށް ހުޅުވާލާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ވަޒީރު ހައިދަރު ވިދާޅުވީ 4،000 ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން އަންނަ ހަފުތާ ތެރޭގައި ވަގުތީ ލިސްޓް އިއުލާންކޮށް، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޝަކުވާތައް ބަލައި އެ މަސައްކަތް ނިމުމުން، މި އަހަރު ނިމުމުގެ ކުރިން ފުލެޓުތައް ހަވާލުކުރާނެ ކަމަށެވެ. ކުރިން މި ލިސްޓް މިދިޔަ މަހު އާންމުކުރަން ނިންމާފައިވީ ނަމަވެސް، ހުރިހާ ފޯމެއް ބަލަމުންދާތީ އިތުރު ވަގުތު ބޭނުންވެގެން ލަސްކުރީ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓަށް އެދި 20،607 މީހުން ފޯމު ހުށަހެޅިއެވެ. މީގެ ތެރެއިން ޝަރުތު ހަމަވާ 13،000 މީހުންނަށް ފުލެޓް ދިނުމަށް ކުރީގެ ސަރުކާރުން ނިންމި ނަމަވެސް، އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދިޔައީ 4،000 ފުލެޓުގެ އެކަންޏެވެ.
ކުރީގެ ސަރުކާރުން ނެރުނު ވަގުތީ ލިސްޓާ ގުޅިގެން 7،500 އަށްވުރެ ގިނަ މީހުން ޝަކުވާ ހުށަހެޅިއެވެ. އޭސީސީން މި މައްސަލަ ތަޙުޤީޤުކޮށް ހާމަކުރިގޮތުގައި، ލިސްޓަށް ހޮވުނު 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ.
މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ފުލެޓުތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި މުޅި މަޝްރޫޢު ނިމޭނެ ކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރުގައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް