ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމް
ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ ލޮލުގެ ފަރުވާދިނުމުގެ ކޭމްޕުގައި، ތިން ދުވަހުގެ ތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފިއެވެ.
މި ކޭމްޕަކީ ޗައިނާގެ ލޮލުގެ ޑޮކްޓަރުން ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ހިންގަމުން އަންނަ ކޭމްޕެކެވެ.
މިހާރު މި ކޭމްޕް ކުރިއަށްދަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އަދި ޗައިނާގެ ސަފީރު ވާން ލިޒިން ވަނީ އިއްޔެ މި ކޭމްޕް ބައްލަވާލެއްވުމަށް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައެވެ.
ޗައިނާގެ ސަފީރު ވާން ލިޒިން ވިދާޅުވެފައިވަނީ ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭ ޗައިނާގެ ޓީމުން 60 އެއްހާ ސާޖަރީ ހަދައި، ދިވެހިންނަށް ފަރުވާ ދީފައިވާ ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއްވާތީ އުފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ކޭމްޕުގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ލެންސު ނުސާފުވެފައިވާ މީހުންނަށް ހާއްސަ ސާޖަރީތަކެއް ހެދުމުގެ ފަރުވާ ވެސް ދެމުން ގެންދެއެވެ. 2016 އިން ފެށިގެން ކުރިއަށްގެންދާ މި ކޭމްޕުތަކުން ވޭތުވެދިޔަ އަހަރުތަކުގައި 5،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީ، 600 އަށްވުރެ ގިނަ މީހުންގެ ލޮލުގެ ސާޖަރީ ހަދާފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް