ހައްޔަރުކުރި ތިން މީހުން / ފޮޓޯ: ޕޮލިސް
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބިދޭސީ ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގީ ނޮވެމްބަރު 7 ވަނަ ދުވަހުއެވެ.
ހައްޔަރުކުރެވުނު މީހުންނަކީ އިންޑިއާގެ ދެ މީހަކާއި ނޭޕާލްގެ އެކެކެވެ. އެއީ 24 އަހަރުގެ ބިކާރާ ކުމާރު (އިންޑިއާ)، 27 އަހަރުގެ އަކިލޭޝް ކުމާރު (އިންޑިއާ) އަދި 35 އަހަރުގެ އުމާކަންތު ޗޯދަރީ (ނޭޕާލް) އެވެ.
ފުލުހުން ބުނާ ގޮތުގައި މި އޮޕަރޭޝަން ހިންގީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ. ހުޅުމާލެ ފޭސް 1 މަގުމަތިން ޕިކަޕެއް ހުއްޓުވައި، އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 48 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގެ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ޕޮލިހުން ބުނެފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް