ހިޔާވެހި ސްކީމްގެ ދަށުން ބޯހިޔާވަހިކަމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ހިޔާވަހި ސްކީމް އިފްތިތާޙުކުރުން

ހިޔާވެހި ސްކީމްގެ ދަށުން ބޯހިޔާވަހިކަމުގެ ލޯނަށް އެދުމުގެ ފުރުސަތު ސަރުކާރުން މިއަދު ހުޅުވާލައިފައެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ތަޢާރަފުކޮށްފައިވާ "ހިޔާވަހި ފައިނޭންސިން ސްކީމް" ގެ ދަށުން ދޫކުރާ ލޯނެކެވެ.

މި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ތިން ކެޓަގަރީއަކަށެވެ. އެއީ ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ސްކީމް، އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް، އަދި މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ސްކީމެވެ.

ލޯނު ދޫކުރަނީ ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީ މެދުވެރިކޮށް، ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގައެވެ. ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދެވޭނެއެވެ.

އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް އާބަން ސަރަހައްދުތަކުގެ ލޯނުގައި ފަސް ޕަސެންޓް އަދި މާލެއިން ގެދޮރު އަޅަން ލޯނު ނަގާ ފަރާތްތަކުން 10 ޕަސެންޓް އިކުއިޓީ ބަހައްޓަން ޖެހޭނެއެވެ.

މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ މިއަދުން ފެށިގެން އަންނަ އަހަރުގެ އޭޕްރީލް 8 ވަނަ ދުވަހާ ހަމައަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމަށް ޖުމްލަ 4.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާ ވަނީ ހައުސިން ލޯނަށް ޚާއްޞަކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

40 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy