ފެމެލީ ކޯޓް
ކައިވެނީގެ ރަނަށް ކީ 85،000 ރުފިޔާ ނުދީގެން ހުށަހެޅުނު މައްސަލައެއްގައި، އެ ފައިސާ ކުރިއަށް އޮތް 10 މަސް ދުވަސް ތެރޭގައި ދެއްކުމަށް ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމް ކުރެއްވީ ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހީމް މާހިރެވެ.
މައްސަލައިގެ ތަފްސީލުތަކަށް ބަލާއިރު، ފިރިހެން މީހާއަކީ ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ވެސް އެއްވެސް ހަރަދެއް ނުކުރާ މީހެއްކަން އެނގެއެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ފަރުވާ ހޯދަމުންދާ މީހެއްކަން ވެސް ން ވެސް ފާހަގަކުރެވިފައިވެއެވެ.
ކޯޓުގައި މައްސަލަ ބެލިއިރު، ފިރިހެން މީހާ ވަނީ މި މަހުން ފެށިގެން ކުރިއަށް އޮތް 10 މަހަށް ބަހާލައިގެން ފައިސާ ދެއްކުމަށް އެއްބަސްވެފައެވެ. މިކަމަށް ރިއާޔަތްކޮށް، ކޯޓުން ހުކުމްކޮށްފައިވަނީ މި މަހުން ފެށިގެން ކުރިއަށް އޮތް 10 މަހު، ކޮންމެ މަހަކު 8،500 ރުފިޔާ ދައްކާ ގޮތަށް ރަނަށް ކިޔާފައިވާ ޖުމުލަ އަދަދު ދެއްކުމަށެވެ.
މި ހުކުމުން އެނގެނީ ކައިވެނީގެ ރަނަކީ ޝަރުޢީ ގޮތުން އަންހެނުންގެ ހައްގެއްކަމާއި، އެ ފައިސާ ދިނުމަކީ ފިރިހެނުންގެ މައްޗަށް ލާޒިމު ކަމެއްކަމެވެ. އަދި ރަން ނުދީ ލަސްވާ ހާލަތްތަކުގައި ކޯޓުން އެކަށީގެންވާ މުއްދަތެއް ދީ، ފައިސާ ދެއްކުމަށް ހުކުމްކުރާކަން ވެސް މި މައްސަލައިން ސާފުވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް