ހޯމް މިނިސްޓަރު އަލީ އިހުސާން
ގޭންގު އަދި މަސްތުވާތަކެތީގެ ކުށްތައް ކުރާ އައްޑާގެ ގޮތުގައި ބޭނުންކުރާ ތަންތަން ދައުލަތަށް ނެގުމަށް ގާނޫނަށް ބަދަލު ގެންނަން ނިންމައިފިއެވެ.
މިކަން އިއުލާނުކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ބައެއް ފުލެޓުތަކާއި އެހެނިހެން ތަންތަން ތަކުރާރުކޮށް ކުށްކުރާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ. މިފަދަ ތަންތަނުގެ ވެރިންނާ ވާހަކަދައްކައި، ތަކުރާރުކޮށް މިފަދަ ކަންކަން ފެންނަނަމަ، ގާނޫނުގެ ތެރެއިން އެ ތަންތަން ދައުލަތަށް އަނބުރާ ނެގުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ގޭންގު ގާނޫނަށާއި މަސްތުވާތަކެތީގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ކަމަށާއި، ކުށްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ބަދަލުތަކުގެ ސަބަބުން ގާނޫނީ އިމުގެ ތެރެއިން ކުށްވެރިންގެ އަތުން ތަންތަން އަތުލައި، އެ ތަންތަން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ. މިއީ ކުށްކުރުން މަދުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް