އޭސީޕީ އާސިފް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވަޒީފާއިން ވަގުތީގޮތުން ސަސްޕެންޑުކޮށްފިއެވެ. މިކަން ކޮށްފައިވަނީ އޭނާއާ ދެކޮޅަށް ކުރެވޭ ހިޔާނާތުގެ ތުހުމަތަކާ ގުޅިގެންނެވެ.
ކަރެކްޝަނަލް ސާވިސްއިން މުވައްޒަފުންނަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ އިއްޔެ (7 ނޮވެމްބަރު) އިން ފެށިގެން އާސިފް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އަދި ހިއުމަން ރިސޯސް ސެކްޝަންގެ ހުއްދަ ނެތި އޭނާ ކަރެކްޝަނަލް ސާވިސްގެ އެއްވެސް އިމާރާތަކަށް ވަނުމަކީ މަނާކަމެއް ކަމަށް އެ އެންގުމުގައި ބަޔާންކޮށްފައިވެއެވެ .
މި މައްސަލައިގެ ފަހަތުގައިވަނީ މިދިޔަ ޖުލައި މަހު ފެންމަތިވި ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައެކެވެ. ބައެއް މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މި ހިޔާނާތުގެ މުގުލުގައި ހުރީ އެ ކުލަބުގެ ރައީސްކަން ވެސް ކުރައްވާ އާސިފެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އޮގަސްޓު މަހު ކަރެކްޝަނަލް ސާވިސްގެ 35 އޮފިސަރަކު ސޮއިކޮށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ. އެ ޕެޓިޝަނަށް ދެއްވި ޖަވާބުގައި ޒަރީރު ވިދާޅުވެފައިވަނީ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މައްސަލަ ފެންމަތިވުމާ ގުޅިގެން އާސިފް ވަނީ ދެ ޓްރާންސެކްޝަނަކުން ކްލަބްގެ އެކައުންޓަށް 70،000 ރުފިޔާ ޖަމާކޮށްފައެވެ. ނަމަވެސް މިއީ ކިހިނެއް ޖަމާވި ފައިސާއެއްކަން އަދި ސާފުވެފައެއް ނުވެއެވެ.
މި މައްސަލަ ދިގުލައިގެން ދިޔުމާއެކު، ބައެއް މުވައްޒަފުން ވަނީ މައްސަލަ "އޮއްބާލަން" އުޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާރު އާސިފް ވަޒީފާއިން ސަސްޕެންޑުކޮށްފައިވުމާއެކު، މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް