އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް މޮޅުވުމާއެކު ކަމާލާ ހެރިސް ބަލި ޤަބޫލުކުރައްވައިފި

މިހާރުގެ ނައިބު ރައީސް ކަމާލާ ހެރިސް

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް މޮޅުވުމާއެކު އޭނާ އާއި ވާދަކުރެއްވި މިހާރުގެ ނައިބު ރައީސް ކަމާލާ ހެރިސް ބަލި ޤަބޫލުކުރައްވައިފިއެވެ.

ކަމާލާ ހެރިސް ވަނީ އޭނާ ތަޢުލީމު ހާސިލުކުރެއްވި ހާވަރޑް ޔުނިވަރސިޓީގައި އޭނާއަށް ތާއީދުކުރާ ފަރާތްތަކާ މުޚާތަބުކޮށް ޤަބޫލުކުރައްވާކަން އިއުލާނު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އިންތިޚާބުގައި ބަލިވި ނަމަވެސް، އޭނާގެ ކެމްޕޭނުގައި ދިފާޢުކުރަން އިސްކަންދެއްވި ޙައްޤުތަކަށް ވަކާލާތުކުރެއްވުން ހުއްޓައިނުލައްވާނެ ކަމަށެވެ.

ޓްރަމްޕަށް ލިބުނު ކާމިޔާބީ ކަމާލާ ސިފަކުރެއްވީ އެމެރިކާގެ ކުރިމަތީގައި އޮތް ކަޅު އަދި އަނދިރި ދުވަސްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި، ހަތިޔާރު ބޭނުންކޮށްގެން އެމެރިކާގައި ދޭ ޙަމަލާތަކާ ދެކޮޅަށް ވަކާލާތުކުރެއްވުމާއި، ޤަދަރުވެރި ދިރިއުޅުމެއްގެ ޙައްޤު އޮތް ކޮންމެ މީހަކަށް އެ ޙައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ކަމާލާ ވިދާޅުވީ ޓްރަމްޕަށް ފޯނުން ގުޅުއްވައި މަރުޙަބާ ދަންނަވާފައިވާނެ ކަމަށާއި، ސުލްޙަވެރިކަމާއެކު ވެރިކަން ބަދަލުކުރުމުގެ ކަންކަން އިންތިޒާމުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ ކަންކަން ހާސިލުކުރުމަށް އަދި ޙައްޤުތަކުގެ ދިފާޢުގައި ކުރާ ހަނގުރާމަ ބައެއް ފަހަރު ދިގުލައިގެންދާ ކަމަށާއި، އޭގެ މާނައަކީ ފަހުން ކާމިޔާބީ ލިބުމުގެ ފުރުސަތު ނެތްކަން ނޫން ކަމަށެވެ.

އެސޯސިއޭޓެޑް ޕްރެސްގެ އެންމެ ފަހުގެ ނަތީޖާތަކުން ދައްކާގޮތުގައި ޓްރަމްޕް ވަނީ އިލެކްޓޯރަލް ކޮލެޖުގެ 295 ވޯޓު ކާމިޔާބުކުރައްވައި، 72.6 މިލިއަން މީހުންގެ ތާއީދު ހޯއްދަވާފައެވެ. ކަމާލާއަށް ކާމިޔާބުކުރެއްވުނީ އިލެކްޓޯރަލް ކޮލެޖުގެ 226 ވޯޓާއި 67.9 މިލިއަން މީހުންގެ ތާއީދެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

24 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy