ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް މުހައްމަދު މުއިއްޒުގެ ދޮންމަންމައާ ގުޅޭ ގޮތުން ކުރާ ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް އެ މަނިކުފާނު ރައްދު ދެއްވައިފި އެވެ.
އިއްޔެ އޮތް ގައުމީ ތަރައްގީގެ އޮނިގަނޑު އެކުލަވާލުމުގެ ބައްދަލުވުމަށް ފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވަނީ ފުރަތަމަ ފަހަރަށް އެކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބައްޕާފުޅު އަވަހާރަވުމާ އެކު، ތަރިކަ ބެހުމުގެ ކަންކަން ކުރިއަށް ގެންދެވީ، އޮންނަ އުސޫލުގެ ތެރެއިން ކޯޓު މެދުވެރިކޮށެވެ. އަދި ދޮންމަންމައަށް ހައްގުވާ ބައި ދެއްވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ބައްޕާފުޅުގެ ތިން ބިން ލަންކާގައި އޮތް ކަމަށާއި، އޭގެ ތެރެއިން ދެ ބިމުގައި ގެސްޓްހައުސް އަޅައި އެއިން ވިޔަފާރި ކުރަމުން ދިޔައިރު، އަނެއް ބިމުގައި ހުރީ ދިރިއުޅުމަށް ގެ އަޅާފައި ކަމަށެވެ. ބައްޕާފުޅު އަވަހާރަވުމާ އެކު އެ ހުރިހާ ބިންތަކާއި ލަންކާގެ އެކައުންޓުގައި ހުރި ބައްޕާފުޅުގެ ހުރިހާ ފައިސާއަށް ދޮންމަންމައަށް ދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމަކު ހުވަފަތް އަތްބެއް ވީމައި މާލޭގައި ހުރި މުދަލުން ވާރުތަވާ ބައި، ވިދާޅުވި އަޅުގަނޑަށް ދޫކޮށްލާނަމޭ ވިދާޅުވި. އެގޮތަށް ކަންކަން ކުރިއަށް ދިޔައީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ފަދަ ޒާތީ ވާހަކަތައް ދައްކަވަން ބޭނުންފުޅު ނުވާ ކަމަށާއި އެކަމަކު މިއަދު އެވަރަށް ވެސް ވިދާޅުވީ، އޮޅުވާލައިގެން ވާހަކަތައް ފަތުރާތީ ކަމަށެވެ.
މި މައްސަލަ އަލުން ސަމާލުކަމަށް އައީ 'އަދަދު' ނޫހުން ނެރުނު 'ސްކީލާން' ޑޮކިއުމަންޓްރީއަށް މީޑިއާ ކައުންސިލްގެ އެންމެ މޮޅު ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު މިދިޔަ ހަފްތާގައި ލިބުމާ ގުޅިގެންނެވެ. ނަމަވެސް، މި އެވޯޑު ދީފައިވަނީ އުސޫލާ ހިލާފަށް ކަމަށް މުބާރާތުގެ ފަނޑިޔާރުން ބުނެފައިވާއިރު، މީޑިއާ ކައުންސިލުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ކޮމެންޓް