ވޭޕް މަނާކުރުމާއި ބެހޭ ބިލް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ދިވެހި ސަރުކާރުން ވަނީ ވޭޕް މަނާކުރަން ނިންމާފަ

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރު 21 އަހަރަށް އުފުލުމަށް ހުށަހެޅުނު އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފިއެވެ.

މި އިސްލާހު ތަންފީޒުކުރަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި ބިލުގައިވާ ގޮތުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވާނެއެވެ. އަދި ޑިސެންބަރު 15 ވަނަ ދުވަހުގެ ފަހުން ވޭޕް ބޭނުންކުރުމާއި ވިއްކުން ވެސް މަނާވާނެއެވެ.

މި ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ. ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އުފެއްދުންތައް އެތެރެކުރުމުން 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކުމުން 20,000 ރުފިޔާގެ ޖޫރިމަނާއަކާއި ވިއްކި ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި ހިލޭ ބެހުމުން 10,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ކުޑަކުއްޖަކަށް މިފަދަ އެއްޗެއް ވިއްކައިފިނަމަ ޖޫރިމަނާގެ އަދަދު 50,000 ރުފިޔާއަށް އިތުރުވާނެއެވެ.

މި ބިލް ދިރާސާކޮށް ނިންމުމަށް ކުރިން ކަނޑައަޅާފައިވަނީ މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި ދިރާސާކޮށް ނިންމައި، ބިލް ވަނީ ފާސްކޮށްފައެވެ. މި ނިންމުމަކީ ދިވެހިރާއްޖޭގެ ދުންފަތުގެ އިސްތިޢުމާލު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy