ގައުމީ ދިރާސާ ކައުންސިލް އުފައްދައި މެންބަރުން އައްޔަންކޮށްފި

ގައުމީ ދިރާސާ ކައުންސިލް

ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ މެދުވެރިކޮށް "ގައުމީ ދިރާސާ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އެކުލަވާލައި އެ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފިއެވެ.

މި ކައުންސިލަކީ ރާއްޖޭގެ އިލްމީ ދިރާސާ ކުރުމާއި އޭގެ އަލީގައި ފިކުރީ މުދާ އުފެއްދުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް އެކުލަވާލާފައިވާ ކައުންސިލެކެވެ. މި ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިރާސާކުރާނެ ދާއިރާތައް ކަނޑައެޅުމާއި، ފަންޑުން ފައިސާ ދޫކުރާނެ ހަމަތަކެއް ގާއިމުކޮށް ތަންފީޒުކުރުން ހިމެނެއެވެ.

ކައުންސިލަށް މެންބަރުން އައްޔަންކޮށްފައިވަނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މެންބަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެ މިނިސްޓްރީގެ ޕީއޭ އާއިޝަތު ހިކުމާއެވެ.

ކައުންސިލްގެ ޗެއާގެ ގޮތުގައި އައްޔަންކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއުއެވެ. އަދި މެންބަރުންގެ ގޮތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ، އެމްއެންޔޫ، އައިޔޫއެމް، އަދި އެހެނިހެން މުއައްސަސާތައް ތަމްސީލުކުރާ ފަރާތްތައް ހިމެނެއެވެ.

ގައުމީ ދިރާސާ ކައުންސިލެއް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވެވަޑައިގެންނެވި ވައުދެކެވެ. މި ކައުންސިލް އުފެއްދުމާއެކު އެ ވައުދު ފުއްދަވާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

26 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy