ލުއިޒް ޑިއާޒް ވަނީ ހެޓްރިކެއް ހަދައިފަ
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން ލެވަކޫސަން އަތުން 4-0 އިން މޮޅުވެ، ލިވަޕޫލުން ލީގު ބުރުގުގެ އެއް ވަނަ އަށް ޖެހިލިއިރު، މުބާރާތުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.
ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު، ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ލެވަކޫސަން ކޮޅަށް ލިވަޕޫލުން ހަތަރު ގޯލު ޖެހީ ދެ ވަނަ ހާފުގައެވެ. އެ ޓީމުގެ ތިން ގޯލު ޖަހައި، ލުއިޒް ޑިއާޒް ވަނީ ހެޓްރިކެއް ހަދައިފައެވެ. މިއީ، ލިވަޕޫލުގައި ޑިއާޒް ހެދި ފުރަތަމަ ހެޓްރިކެވެ. ލިވަޕޫލްގެ އަނެއް ގޯލު ޖެހީ ކޯޑީ ގަކްޕޯއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް ބަލިވީ އޭސީ މިލާން އަތުން 3-1 އިންނެވެ. މިލާންގެ މަލިކް ތިއޯ، އަލްވާރޯ މޮރާޓާ އަދި ޓިޖާނީ ރައިންޑާސް ވަނީ ގޯލު ޖަހާފައެވެ. ރެއާލްގެ ހަމައެކަނި ގޯލު ޖެހީ ވިނީޝިއުސް ޖޫނިއާއެވެ.
ރަށުންބޭރުގައި ސްޕޯޓިން ލިޒްބަން އަތުން މެންޗެސްޓާ ސިޓީ ބަލިވީ 4-1 އިންނެވެ. ސިޓީގެ ހަމައެކަނި ގޯލު ޖެހީ ފިލް ފޯޑެންއެވެ. ސްޕޯޓިންގެ ފަރާތުން ވިކްޓަ ގްޔޯކޭސް ވަނީ ހެޓްރިކެއް ހަދައިފައެވެ. އަދި އެ ޓީމުގެ އަނެއް ގޯލު ޖެހީ މެކްސިމިލިއާނޯ އަރައުހޯއެވެ.
ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ އެއް ވަނަ އަށް ޖެހިލީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ. އެހެންނަމަވެސް، ރެއާލް މެޑްރިޑް އޮތީ ހަ ޕޮއިންޓާ އެކު 7 ވަނައިގައެވެ. އަދި މެންޗެސްޓާ ސިޓީ އޮތީ ހަތް ޕޮއިންޓާ އެކު ހަ ވަނައިގައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް