ދުންފަތާއި ނިކޮޓިން އެކުލެވޭ ބާވަތްތަކުން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލައިފި

ރާއްޖެއަންނަ ފަތުރުވެރިންނަށް ވެސް ސިގިރޭޓް ކާޓޫނު ނުގެނެވޭނެ

ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެފަދަ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކުން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލައިފިކަމަށް މޯލްޑިވްސް ކަސްޓަމްސް އިން އިއުލާން ކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ކަސްޓަމްސްގެ މުވައްޒަފުންނަށް ފޮނުއްވި އުސޫލެއްގައެވެ.

މި ބަދަލާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ސިނގިރޭޓު ކާޓޫނު އެތެރެ ނުކުރެވޭނެ އެވެ. އަދި ސިނގިރޭޓު ކާޓޫނާ އެކު ރާއްޖެ އަންނަ ފަތުރުވެރިން އެ ތަކެތި ކަސްޓަމްސްއާ ހަވާލު ކުރަންޖެހޭނެ އެވެ. އެ މީހުން ރާއްޖެއިން ފުރާއިރު ކަސްޓަމްސްއިން އަނބުރާ އެ ތަކެތި ހަވާލު ކުރާނެ އެވެ.

ދުންފަތާއި ނިކޮޓިން އެކުލެވޭ ބާވަތްތަކާއި ޝީޝާ އަދި އީ-ސިނގިރޭޓުން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލަން މީގެ ކުރިން ދެ ފަހަރަކު ތާރީހު ކަނޑައެޅި ނަމަވެސް އެ ސުންގަޑި ވަނީ ފަސްކުރެވިފައެވެ.

މިހާރު ފަތުރުވެރިއަކަށް ރާއްޖެ އަންނައިރު ގެނެވޭނީ 19 ސިނގިރޭޓު ހިމެނޭ ފޮށްޓެކެވެ. 19 ސިނގިރެޓަށް ވުރެ އިތުރަށް ހިމެނޭ ނަމަ ކަސްޓަމްސް އިން އެ ތަކެތި ހިފަހައްޓާނެއެވެ.

މި ބަދަލާ ގުޅިގެން، މި މަހުގެ 1 އިން ފެށިގެން ސިނގިރޭޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކޮށް، އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ބޮޑު ކުރުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ގެނެވިފައިވެއެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މި މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ނިންމައި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

11 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy