ޣައްޒާއަށް އުންރުވާގެ އެހީ ކެނޑުމުން އާންމުންގެ ވޭން އިތުރުވާނެ: ޑަބްލިއުއެޗްއޯ ވެރިޔާ

ޑަބްލިއުއެޗްއޯގެ ވެރިޔާ

އުންރުވާ މަނާކުރުމުން ޣައްޒާގެ އާންމުން ތަހައްމަލުކުރަމުންދާ ވޭން އިތުރުވެ، ބަލިމަޑުކަން ފެތުރިގެންދާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދްނޮމް ވިދާޅުވެއްޖެއެވެ.

އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ޓެޑްރޯސް ވިދާޅުވެފައިވަނީ އުންރުވާގެ މަސައްކަތް ކުރެވޭނެ އެހެން ބަޔަކު ނެތް ކަމަށެވެ. އުންރުވާއާ އިސްރާއީލުން ގުޅުން ކަނޑާލި ނަމަވެސް ޣައްޒާއަކީ ރައްކާތެރި ތަނަކަށް ނުވާނެ ކަމަށާއި، އަދި އުންރުވާއިން ކުރާ މަސައްކަތްތައް އެހެން ބަޔަކަށް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެޑްރޯސް މި ވާހަކަ ދައްކަވާފައިވަނީ އިސްރާއީލުން އުންރުވާއާ ގުޅުން ކަނޑާލަން ނިންމިކަން ރަސްމީކޮށް އދ. އަށް އެންގުމާ ގުޅިގެންނެވެ. ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބިފައިވާ ޣައްޒާއަށް ދޭ ގާތްގަނޑަކަށް ހުރިހާ އެހީއެއް ކޯޑިނޭޓް ކުރާ އުންރުވާ ސަސްޕެންޑްކުރުމުން އިސްރާއީލުގެ އެންމެ ގާތް އެމެރިކާ ހިމެނޭހެން ގިނަ ގައުމުތަކަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އުންރުވާއާމެދު އިސްރާއީލުން އަޅާ ފިޔަވަޅަށް އަމަލުކުރަން ފަށާނީ ޖެނުއަރީ މަހުގެ ފަހުކޮޅު ކަމަށް ބެލެވެއެވެ. އެކަމުގެ ސަބަބުން ފަލަސްތީނުގެ އެތައް މިލިއަން ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އދ. އިން ބުނެފައިވެއެވެ.

އިސްރާއީލުން އުންރުވާއާ ގުޅުން ކަނޑާލަން ނިންމީ، މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި އުންރުވާގެ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ. އުންރުވާއަކީ 1949 ވަނަ އަހަރުން ފެށިގެން ޣައްޒާ، ހުޅަނގު އައްސޭރި، ލުބުނާން، އުރުދުން އަދި ސޫރިއާގައި ދިރިއުޅޭ ގާތްގަނޑަކަށް ހަ މިލިއަން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އޭޖެންސީއެކެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

25 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy