އަންނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް: ރައީސް މުއިއްޒު

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު "ހިޔާވަހި" ލޯން ސްކީމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކަމަށެވެ.

ރައީސްގެ ވައުދާ އެއްގޮތަށް 5 އިންސައްތަ އިންޓަރެސްޓުގައި ބޯހިޔާވަހިކަމުގެ ލޯނު ދޫކުރުމުގެ ޕްރޮގްރާމް ފަށައިގަތުމާއެކު، މާދަމާއިން ފެށިގެން މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ.

މި ސްކީމްގެ ސިޔާސަތަކީ ކޮންމެ ރަށެއްގައި ހުރި ނަމަވެސް، އެ މީހެއްގެ އަމިއްލަ ގޯތި ނުވަތަ ބިން ނުވަތަ އިމާރާތް ދިރިއުޅެވޭ ވަރުގެ ބޯހިޔާވަހިކަމަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މި ސްކީމަށް 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި، އެޗްޑީއެފްސީ، ބީއެމްއެލް ނުވަތަ އެމްއައިބީ މެދުވެރިކޮށް ލޯނު ދޫކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ބަޖެޓުން ކަނޑައަޅާ 1 ބިލިއަން ރުފިޔާއާއެކު، 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ މި ސްކީމުގެ ދަށުން ކޮންމެ އަހަރަކު ދޫކުރެވޭނެ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މި ލޯނުގެ ސަބަބުން ގިނަ ފަރާތްތަކަށް އެ މީހުންގެ ގޯތީގައި ގެ އެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި، ގެ އަޅަން ފަށާފައި ނުނިމި ހުރި ފަރާތްތަކަށްވެސް ގެ ނިންމާލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި މާލޭގައި ނަމަ، ބެހެނިވެރިން އެކުވެގެން 6-10 މިލިއަނާ ދެމެދުގެ އަދަދެއް ލިބި، ގެ އެއްކޮށް ނިންމާލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

22 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy