ރުބެން އަމޮރިމް
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން ލިބުނު އޮފަރ ޤަބޫލުކުރީ ފައިސާއަށް ނޫން ކަމަށާއި އެއީ އަބަދުވެސް ބޭނުންވެފައި ހުރި ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވާން ތައްޔާރުވަމުން އަންނަ ރުބެން އަމޮރިމް ބުނެފިއެވެ.
އަމޮރިމް، 39، ކޯޗަކަށް ގެންނަން ޔުނައިޓުން ހުރިހާ ކަމެއް ނިންމައި، އިޢުލާނުކުރި ނަމަވެސް އޭނާއަށް ޔުނައިޓެޑްގެ ކޯޗުގެ ޒިންމާއާ ހަވާލުވެވޭނީ 10 ދުވަސް ފަހުން ކަމަށް ޔުނައިޓެޑުން ވަނީ ބުނެފައެވެ.
ސްޕޯޓިންގެ އެއްބަސްވުމުގައިވާ ނޯޓިސް މުއްދަތު ހަމަކޮށް، މި މަހުގެ 11 ވަނަ ދުވަހު، އަމޮރިމް ޔުނައިޓެޑާ އެކު މަސައްކަތް ފަށާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގައެވެ. ޔުނައިޓެޑާ ހަވާލުވާން ނިންމައި، މި ހޭދަކުރި ހަފުތާއެއްހާ ދުވަހަކީ އޭނާގެ ހަޔާތުގައި ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއް ކަމަށް އަމޮރިމް ވަނީ ބުނެފައެވެ.
އަމޮރިމް ބުނެފައިވަނީ ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށާއި، އެހެން ކްލަބްތަކުން އޭނާއަށް އެތައް ގުނައެއް ރަނގަޅު މުސާރަ ދޭން އެއްބަސްވެފައި އޮތް ނަމަވެސް، ޔުނައިޓެޑާ ގުޅުނީ ފައިސާއަށް ނޫން ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑާ ގުޅުނީ އެ ކްލަބް އޮތް ހާލަތާއި ޕްރޮޖެކްޓަށް ގަޔާވެގެން ކަމަށެވެ.
ސްޕޯޓިންގެ ޑިރެކްޓަރު، ހޫގޯ ވިއާނާ، މި ސީޒަން ނިމުމުން މެންޗެސްޓާ ސިޓީގެ އެ މަޤާމާ ހަވާލުވާއިރު، އަމޮރިމް އަންނަ ހަފުތާގައި ގުޅެނީ ސިޓީގެ ވާދަވެރި ޔުނައިޓެޑާއެވެ. އަމޮރިމް ބުނެފައިވަނީ، އޭނާއާއި ވިއާނާއާ ދެމެދު އޮންނަ ގުޅުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް