ސީއެޗްއެސްއީ މާލޭ އިމާރާތް ރައީސް މުއިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ސީއެޗްއެސްއީ ހުޅުވމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލޭގައި އޭލެވެލްއަށް ކިޔަވައިދެމުން އައި ހަމައެކަނި ސަރުކާރު ސްކޫލް، ސީއެޗްއެސްއީ ރަސްމީކޮށް ރައީސް މުހައްމަދު މުއިއްޒު ރޭ އަލުން ހުޅުއްވައިދެއްވައިފި އެވެ.

މިއީ ގާތްގަނޑަކަށް 40 އަހަރަށް ވުރެ ދިގު މާޒީއެއް އޮތް ސްކޫލެކެވެ. މި ސްކޫލް މާލޭ އިމާރާތް ބަންދުކޮށް، ހުޅުމާލޭގައި އަލަށް ހެދި އިމާރާތަށް ދަރިވަރުންގެ ކިޔެވުން ބަދަލު ކުރީ މީގެ އަހަރެއް ކުރިންނެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ދަރިވަރުންނާއި ބެލެނިވެރިންގެ އެދުމުގެ މަތިން، މާލޭގެ އިމާރާތުގައި ވެސް ކިޔަވައިދޭން ނިންމި އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި 400 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ވަނީ އެ ތަނުގައި ކިޔަވައިދޭން ފަށައިފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު، ސްކޫލް ހުޅުވައިދެއްވުމުގެ ކުރިން ސީއެޗްއެސްއީގެ ދަރިވަރުންގެ ފަރާތުން އެ މަނިކުފާނަށް ސްކޫލްގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް އަރުވާފައިވެ އެވެ. ރައީސް މުއިއްޒަކީ ވެސް އެ ސްކޫލްގެ މުސްކުޅި ދަރިވަރެކެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ސީއެޗްއެސްއީ މާލޭ އިމާރާތުގައި ކިޔަވައިދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ގާތުން ތައުލީމް ދިނުމުގެ ސިޔާސަތު ހަރަދަނާ ވެގެން ދިޔަ ނިންމުމެއް ކަމަށެވެ. އަދި މާލޭ ސީއެޗްއެސްއީ ހުޅުވުމަށް ވަރަށް ގިނަ ސިޓީތަކާއި ވަރަށް ގިނަ އާދޭހުގެ އެދުންތައް ބެލެނިވެރިންގެ ފަރާތުން މިނިސްޓްރީއަށް ލިބެމުންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މާލޭ ސްކޫލް ހުޅުވި ނަމަވެސް ކުރިއެކޭ ވެސް އެއްގޮތަށް ހުޅުމާލޭ ސީއެޗްއެސްއީގައި އޭލެވަލް ކިޔެވުން ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. މިކަމަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

18 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy