އެންމެ މޮޅު ކުޅުންތެރިއަކަށް އަމީން
މާފަރު ކައުންސިލުން އިސްނަގައިގެން ބޭއްވި “ވެޓަރަންސް ޗެލެންޖް”ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު މުޙައްމަދު އަމީން މުމްތާޒު ހޯދައިފިއެވެ.
މި މުބާރާތުގައި ޖުމްލަ 4 ޓީމު ވާދަކުރިއިރު، މުޙައްމަދު އަމީން ފެނިގެން ދިޔައީ އެމްއެސް މޭޓްސް އިންނެވެ. އެ ޓީމުގެ ގޯލް ބެލެހެއްޓުމުގައި އަމީންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މުބާރާތުގެ ދެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް އަމީން ވަނީ ހޯދާފައެވެ.
ޢުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން ބޭއްވި މި މުބާރާތަކީ މާފަރު ކައުންސިލުން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ.
މި މުބާރާތުގެ ފައިނަލް މެޗް އިއްޔެ ކުޅެފައިވާއިރު ފައިނަލްގައި ބައްދަލު ކުރީ އެމްއެސް މޭޓްސް އަދި ނަމްބަރ 1 އެފްސީއެވެ. މި މުބާރާތުގެ ފައިނަލަށް އެމްއެސް މޭޓްސް ދަތުރު ކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. އެ ޓީމު ކުޅުނު ހުރިހާ މެޗެއްގައިވެސް އަމީންގެ ހުނަރުވެރިކަން ފެނިފައިވާއިރު، އަމީން އަކީ އޭނާގެ ޒުވާން ޢުމުރުގައިވެސް މުޅި އަތޮޅަށް ވިދާލި މޮޅު ކުޅުންތެރިއެކެވެ. ދަނޑުމަތީގައި އެންމެ ހަލުވި ކުޅުންތެރިޔާގެ ނަމުން މަޝްހޫރުވެ، ރަށާއި އަތޮޅަށް ރީތިނަން ހޯދައިދިނުމުގައި އަމީން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
މާފަރު ކައުންސިލް ވެޓަރަންސް ޗެލެންޖްގައި ހޮވި އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައިވެސް އަމީން ހިމެނެއެވެ.
މުބާރާތުގައި ވާދަކުރި 4 ޓީމް:
އެމްއެސް މޭޓްސް
ނަމްބަރ 1 އެފްސީ
ފެންނަނުފެންނަ
އެޑަލްޓް އެފްސީ
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް